ރޯދަ މަލާފަތަކީ ތިޔަބޭފުޅުންގެ ރޯދަ މަހުގެ ސުފުރާ މުއްސަނދި ކޮށްދިނުމަށް އަޅުގަނޑުމެން ގެނެސްދޭ ބައެކެވެ. މިބައިގައި އެކި ބާވަތުގެ ކާއެއްޗެހި ކުރިއަށް އޮތް ތަނުގައި ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ.

އެގޮތުން އެންމެ ފުރަތަމަ މިއޮތީ ކޮރެއަން ސްޓައިލްގެ ބާބަކިއު ޗިކަން އެކެވެ. ކޮރެއާގެ އުފެއްދުން ތަކަށް ލޯބިކުރާ ފަރާތްތަކުން މިޑިޝް ރަހަބަލާލަން ވާނެ އެވެ.

ބޭނުންވާ ތަކެތި:

  • 500 ގްރާމް ބޯންލެސް ކުކުޅު
  • 1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
  • 1 މޭޒުމަތީ ސަމުސާ ބްރައުން ޝުގާ (ނެތް ނަމަ އާދައިގެ ހަކުރު ބޭނުން ކުރެވިދާނެ )
  • 1 މޭޒުމަތީ ސަމުސާ ރާހުތް
  • 1 މޭޒުމަތީ ސަމުސާ މާމުއި
  • 1 މޭޒުމަތީ ސަމުސާ ލޮނުުމެދު (ޗިސްކޮށްފައި)
  • 1 ސައިސަމުސާ އިނގުރު (ގާނާފައި)
  • 1 ސައިސަމުސާ ދިރި
  • 1 ސައިސަމުސާ ދިރި ތެޔޮ

ހަދާނެގޮތް:

  1. ކުކުޅުތައް ރީތިކޮށް ކޮށާލުމަށްފަހު ބޮޑެތިކޮށް ކިއުބު ގޮތަށް ކޮށާލާށެވެ. 2 އިންޗި ދިގު އަދި 1 އިންޗި ފުޅާކޮށް ރަނގަޅުވާނެ އެވެ. އައުޓް ޑޯ ތަނެއްގައި ހަދާނަމަ ކުކުޅުކޮޅު ކޮށަންވާނީ ދެގުނަ ބޮޑުކޮށެވެ.
  2. ބާކީހުރި ހުރިހާ އެއްޗެއް އެއްކޮށް ހަކުރުކޮޅު ރަނގަޅަށް ގިރެންދެން އެއްކޮށްލާށެވެ.
  3. މެރިނޭޓް ސޯސް ކުކުޅު ކޮޅުގައި ރަނގުޅަށް އުނގުޅާލުމަށްފަހު އައިސް އަލަަމާރީގައި 30 ވަންދެން މެރިނޭޓް ކޮށްލާށެވެ.
  4. ތަވާ އުނދުން މައްޗަށް އުދާ މެދުގިނީގައި ހޫނުކޮށްލާށެވެ. އެއަށްފަހު ކުކުޅުތައް ތަވާގައި ރީތިކޮށް އަތުރާލުމަށްފަހު މަޑު މުށިކުލަ އަރަންދެން ކައްކާލާށެވެ. ކައްކާއިރު ކުކުޅުކޮޅު ތައް ފުށުންޖަހާލަން ވާނެއެވެ. ކުކުޅު ކޮޅު ނާނދާނެހެން އުނދުނުގެ ގިނި ބަހައްޓަން ހަނދާން ކުރަންވާނެ އެވެ.

މަޑު މުށިކުލައެއް އެރުމުން އަހަރެމެންގެ ކޮރެއަށް ބާބަކިއު ޗިކަން ތައްޔާރުކޮށް ނިމުނީއެވެ. ބަތް ނުވަތަ ރޮށްޓާއެކު ސުފުރާ މައްޗަށް އިންސާފު ކުރާށެވެ.