މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒްއާއި އޭނާއަށް ކިޑްނީ ހަދިޔާކުރި އެކުވެރިޔާ ފްރާންސިއާ ރެއިސާގެ އެކުވެރިކަން ނިމުމަކަށް އައިސްފައިވާ ކަމަށް ބުނެ ފެތުރޭ އަޑުތަކަށް ފްރާންސިއާ ރައްދު ދީފި އެވެ.
މީޑިއާއަށް ދިން އިންޓަވިއުއެއްގައި ފްރާންސިއާ ވަނީ އެ ދެމީހުންނާ ގުޅުވައިގެން މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.
އެގޮތުން ސެލީނާގެ އަމިއްލަ ދިރިއުޅުމެއް ވާ ކަމަށާއި އޭނާއަށްޓަކައި އުފާވާ ކަމަށް ވެސް ފްރާންސިއާގެ އިންޓަވިއުގައި އޭނާ ބުނެފައިވެ އެވެ.
ސެލީނާއާއި ފްރާންސިއާގެ އެކުވެރިކަން ނިމުމަކަށް އައި ކަމުގެ އަޑުތައް ގަދަވެފައިވަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އޮތް ސެލީނާގެ ކައިވެނީގެ ތެރެއިން ފްރާންސިއާ ނުފެނުމުންނެވެ.
މީގެ ކުރިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ސެލީނާ ވަނީ މުނިފޫހި ފިލުވުމުގެ ދާއިރާގައި އުޅޭ އޭނާގެ ހަމައެކަނި އެކުވެރިއަކީ ޓޭލާ ސްވިފްޓް ކަމަށް ބުނެފަ އެވެ.
2017 ވަނަ އަހަރު ސެލީނާއަށް ފްރާންސިއާގެ ކިޑްނީ ހަދިޔާކުރީ ސެލީނާ ތަހައްމަލުކުރާ ބައްޔެއް ކަމަށްވާ ލުޕުސްގެ ސަބަބުން އޭނާގެ ކިޑްނީއަށް ގެއްލުން ވުމުންނެވެ.
އޭރު ސެލީނާ ވަނީ ފްރާންސިއާއަށް ޝުކުރު އަދާކޮށް ސޯޝަލް މީޑިއާގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ޕޯސްޓެއް ކޮށްފަ އެވެ.
ހޫދުގެ މައްޗަށް އިއްވި 23 އަހަރުގެ ހުކުމް އިސްތިއުނާފުކޮށްފި
ގެއްލުނު ޑައިވަރުން ހޯދަން ފީނި ސިފައިންގެ މީހަކު މަރުވެއްޖެ
އެމެރިކާއަށް އެއްވެސް އިތުބާރެއް ނެތް: އީރާން