ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފެށުމަށް މިހާރު ތައްޔާރުވަމުންދާ އަތޮޅުތެރޭގެ ފުޓުމޯޅަ މުބާރާތައް 266،000 ޑޮލަރު (4.1 މިލިއަން ދިވެހި ރުފިޔާ) ދޭން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ނިންމައިފި އެވެ.
މިކަން ފީފާއިން ހާމަކޮށްފައި ވަނީ އެ އިދާރާގެ ވެބްސައިޓްގައި ޕޯސްޓްކުރި ބަޔާނެއްގަ އެވެ. މި ބަޔާނުގައި ފީފާއިން ބުނެފައި ވަނީ، އަތޮޅު މުބާރާތުގެ އެހީގެ ގޮތުގައި އެ އިދާރާއިން 4.1 މިލިއަން ރުފިޔާގެ އެހީގެ އިތުރުން އަންހެނުންގެ ފުޓްބޯޅަ ކުރިއެރުވުމަށް ވެސް އެހީތެރިކަން ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މި އެހީ ދޭން ނިންމިކަން އިއުލާނުކޮށްފައި މިވަނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ދަތުރުފުޅެއް ކުރައްވާފައިވަނިކޮށެވެ.
މިދިޔަ ހުކުރުދުވަހު އިންފަންޓީނޯ ކުރެއްވި ދަތުރުފުޅުގައި ވަނީ ރާއްޖޭގެ ފުޓްބޯޅަ ކުރިއަށްގެންދިއުމަށް އެފްއޭއެމުން ކުރުމަށް ރާވާފައިވާ ކަންކަން ފާހަގަކުރައްވައި އެކަމަށް ފީފާގެ ފަރާތުން އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފަ އެވެ.
އެފްއޭއެމުން ފެށުމަށް ހަމަޖެހިފައިވާ އަތޮޅުތެރޭގެ މުބާރާތުގައި 49 ޖަމިއްޔާއަކުން ވާދަކުރާއިރު، އަންނަ މަހުގެ ތެރޭގައި ސެންޓްރަލް ރީޖަންގެ މުބާރާތްތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
ސިނަމާލެ ފްލެޓްތަކުގެ ފާރުތައް ފީވެގެން ވެއްޓެނީ
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ލިބިއްޖެ
ކެއިންބުއިމުގައި ދަޅުކާނާ ބޭނުން ނުކުރަންވީ މިހެންވެ!