ޖުމުލަ 39 މިލިއަން ރުފިޔާގެ އަގަކަށް 12 ބުރީގެ ދާރުލްއަރުޤަމް ވަޤުފް އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުއާރުސީ)އާ ހަވާލުކުރަން އިސްލާމިކް މިނިސްޓްރީން މިއަދު ނިމާ، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަގުފު ބިލްޑިން އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާ ކަމަށާއި އެ އިމާރާތަށް ކިޔާނީ ދާރުލް އަރްގަމް ކަމަށެވެ.
މާލޭގައި އިމާރާތްކުރަން ހަމަޖެހިފައިވާ ދާރުލްއަރުޤަމް އިމާރާތުގެ މަސައްކަތް އާރުއާރުސީއާ ހަވާލުކޮށް، އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު އެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަހީމެވެ.
ދާރުލް އަރްގަމް އިމާރާތް އެޅުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައި ވަނީ ބުރުޒު މަގުގެ ހެންވޭރުކޮޅުގަ އެވެ. 2000 އަކަފޫޓުގެ އެ ބިމުގައި ދާރުލް އަރްގަމް އިމާރާތް ކުރުމުގެ ޕްރޮޖެކްޓު އާރުސީސީއާ ހަވާލުކޮށްފައި ވަނީ 39.4 މިލިއަން ރުފިޔާއަށް 540 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އެ ޕްރޮޖެކްޓަށް ފަންޑު ކުރަނީ ބީއެމްއެލް އިސްލާމިކުންނެވެ.
އެ އިމާރާތް އަޅައި ނިމުމުން، އަހަރަކު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭއިރު އާމްދަނީގެ 20 އިންސަައްތަ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ހަމަޖެހިފައިވާއިރު އާމްދަނީގެ 80 އިންސައްތަ އިސްލާމިކް ވަޤުފް ފަންޑަށް ޖަމާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދީފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، 12 ބުރިއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުޤަމް ވަޤުފް އިމާރާތަކީ ޒަމާނީ ވަސީލަތްތަކާ އެކު ގާއިމުކުރެވޭ ޢިމާރާތެެއް ކަމަށެވެ. މި އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެއެވެ.
އެންމެ ތިރީ ފަންގިފިލާގައި ހުންނާނީ ރިސެޕްޝަނާއި ޕާކިން ޖާގަތަކެވެ. ދެވަނަ ފަންގިފިލާގައި ހުންނާނީ ކޮންފަރެންސް ހޯލެކެވެ. އެންމެ މަތީގައި ހުންނާނީ އޯޕެން ޓެރަހެކެވެ. އޭގެއިތުރުން އެ އިމާރާތުގެ ތިރިއަށް ހުންނަ ބިންގަރާސް ހާއްސާ ކޮށްފައި ވަނީ ޕާކިން އަށެވެ.
އެ އިމާރާތް ފަރުމާ ކޮށްފައި ވާނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް އެއްވެސް ދަތިކަމެއް ނެތި ވަދެ ނުކުމެ ހެދޭ ގޮތަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އާރްސީސީ އަކީ ބަންޑާރަ ނައިބު އަހްމަދު އުޝާމްގެ ބައްޕަގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
ފަހުން ހައްޔަރުކުރި 3 މީހުންނަކީ އެމްޕީއެލް މުވައްޒަފުން
އުފާ ފާޅުކުރުމުގެ ގޮތުން ހުޅުދު އާއި މީދޫގައި މިރޭ ހަވާ އަރުވަނީ
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހަތަރު މީޙަކު އައްޔަންކޮށްފި