ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް އެ އިދާރާ އިން ހާމަކޮށްފި އެވެ.
ކަސްޓަމްސްއިން މިދިޔަ ހޮނިހިރު ދުވަހު ވަނީ، އެ އިދާރާއަށް އިމްޕޯޓް ޑިއުޓީއާއި ޖޫރިމަނާގެ ގޮތުގައި ފައިސާ ދައްކަން ޖެހި، ފައިސާ ނުދައްކާ މީހުންނާއި ކުންފުނިތަކުގެ ނަންތައް ހާމަކޮށްފައެވެ. އެ ފަރާތްތަކުގެ ނަންތައް ހިމެނޭ ލިސްޓް ކަސްޓަމްސްގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.
އެ ލިސްޓުގައި 680 ފަރާތެއް ހިމެނެއެވެ. އެންމެ ގިނައިން ފައިސާ ދައްކަން ޖެހޭ ސަލްޓަންސް އޮފް ސީސްއިން 110.2 މިލިއަން ނުދައްކާ އެބައޮތެވެ. އެއީ އިމްޕޯޓް ޑިއުޓީއާއި ޖޫރިމަނާއަށްވާ ފައިސާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ބިޒްނަސް ޕޯޓަލްއިން ދައްކާ ގޮތުގައި އެ ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ތިބީ އަލީ އަހުމަދާއި މުހައްމަދު އާދިލާއި އިމްރާން އަލީއެވެ.
އެ ލިސްޓުގައިވާ ގޮތުން ކަސްޓަމްސްއަށް ދެވަނައަށް އެންމެ ގިނައިން ފައިސާ ދައްކަން ޖެހެނީ ވޭޕް އެތެރެކުރި، މާލެ، މާފިނިވާގެ، އަޝްރަފް ރަޝީދެވެ. އޭނާ 72.2 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވެ އެވެ.
ކަސްޓަމްސްއަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން ގިނައީ ގަވައިދާ ހިލާފަށް ދުންފަތާއި ވޭޕު އެތެރެކުރުމުން ޖޫރިމަނާކޮށްފައިވާ މީހުންނެވެ. އެ ލިސްޓުގައިވާ ގޮތުން އެއް މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު އަދަދެއް ދައްކަން ޖެހޭ ކުންފުނިތަކާއި ފަރުދުންގެ އަދަދު 72 އަށް އަރަ އެވެ.
ކަސްޓަމްސް އިން އަލަށް އެކުލަވާލި އުސޫލުގައިވާ ގޮތުން އެ އިދާރާ އިން ހާމަކުރާނީ ދައްކަންޖެހޭ މުއްދަތުގައި ފައިސާ ނުދައްކާ ފަރާތްތަކުގެ ތެރެއިން 10،000 ރުފިޔާއަށް ވުރެ ގިނައިން ދައްކަންޖެހޭ ފަރާތްތަކުގެ މައުލޫމާތެވެ.
އެ އުސޫލުގައިވާ ގޮތުން ކޮންމެ ދެ މަހުން އެއް ފަހަރު، ކަސްޓަމްސްއަށް ފައިސާ ނުދައްކާ މީހުންގެ ނަންތައް އާންމުކުރަންޖެހެ އެވެ.
ބީއެމްއެލް އިން މުޅިން އާ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓެއް
ގަދަ އަލީގައި ނިދުމަކީ ހިތުގެ ސިއްހަތަށް ނުރައްކާވާ ކަމެއް!
ބަންގީގެ އަޑަށް ކޮންސެޓު މެދުކަނޑާލުމުން ސޯނޫއަށް ފާޑުކިޔަނީ!
