ކައިވެނި ކޮށްގެން އުޅުނުއިރު އެކުގައި ގަތް ފްރާންސްގެ ވައިނަރީގެ މައްސަލާގައި ހޮލީވުޑްގެ މަޝްހޫރު ތަރި ބްރެޑް ޕިޓް އޭނާގެ ކުރީގެ އަންހެނުން އެންޖެލީނާ ޖޯލީއަށް ދައުވާ ކޮށްފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ބްރެޑްގެ ވަކީލުން ކޯޓަށް ހުށައަޅާފައިވާ ލިޔެކިޔުންތަކުގައި އެ ވައިނަރީއާ ބެހޭގޮތުން ދެ ތަރިންގެ މެދުގައި ބަދަލު ކުރެވިފައިވާ އީމެއިލްތަކެއް ހިމެނެ އެވެ.
އެ އީމެއިލްތަކުގައި ވައިނަރީގެ މިލްކިއްޔާތު ހޯދަން އެންޖެލީނާ މަސައްކަތް ކޮށްފައިވާއިރު އެކަމުގެ ރައްދެއްގެ ގޮތުން ބްރެޑް ދައުވާ ކޮށްފައިވަނީ 35 މިލިއަން ޑޮލަރުގެ ބަދަލު ހޯދުމަށެވެ.
މިއީ 2022 ވަނަ އަހަރުން ފެށިގެން އެ ދެެތަރިންގެ މެދުގައި ކުރިއަށްދާ ގާނޫނީ ކޯޅުމަށް އިތުރުވި ބޮޅެކެވެ. 2022 ވަނަ އަހަރު ބްރެޑް އެންމެ ފުރަތަމަ ކޯޓަށް ގޮސްފައިވަނީ ވައިނަރީގެ އެއްބަސްވުމާ އެންޖެލީނާ ހިލާފު ވެފައިވާ ކަމަށް ބުނެ އެވެ.
މި މައްސަލައިގެ ކޯޓު އަޑުއެހުމެއް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ތާވަލު ކުރެވިފައިވާއިރު ބްރެޑްއާއި އެންޖެލީނާގެ ފަރާތުން ވެސް ހެކިތަކެއް ހުށައަޅާނެ ކަމަށް ބެލެވެ އެވެ.
14 އަހަރު ވަންދެން އެކުގައި އުޅުމަށްފަހު 2016 ވަނަ އަހަރު އެންޖެލީނާއާއި ބްރެޑް ވަކިވިއިރު އެ ދެމީހުންގެ ހަ ކުދިން ވެސް ތިބެ އެވެ.
ޓްރީ ޓޮޕާއި މަޔޯ ކްލިނިކް ގުޅިގެން މެޑިކަލް ވޯކްޝޮޕްތަކެއް
ބާރުގަދަ ތޫފާނެއް ކަމުގައިވާ ކަލްމޭގީ ވިއެޓްނާމަށް އަރައިފި
އަންހެނުންނަށް: ހެދުން އަޅާއިރު މިކަމަށް ސަމާލުވޭ!