ޕާސްޕޯޓު ހައްދަން އިމިގްރޭޝަނަށް ދިއުން ނިމުމަކަށް ގެނެސްދޭ ޕާސްޕޯޓުގެ ކަންކަން ކުރުމަށް ހާއްސަ މޮބައިލް އެޕަކާއި، މި ސަތޭކަ އިންސައްތަ އީ-ވިސާ ހިދުމަތް މިއަދު ތައާރަފްކޮށްފި އެވެ.
މި ހިދުމަތް ތައާރަފްކުރީ މޯލްޑިވްސް 2.0 ގެ ދަށުން އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރަން ބޭއްވި ހާއްސަ ހަފްލާގަ އެވެ. މި ހަފްލާގައި ޕާސްޕޯޓުގެ ކަންކަން ކުރުމަށް ހާއްސަ މޮބައިލް އެޕާއި އިމިގްރޭޝަންގެ ވެބްސައިޓް ރީލޯންޗުކޮށްދެއްވާފައިވަނީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން ފަސީހު ވިދާޅުވީ ޕާސްޕޯޓު އެޕްލިކޭޝަންތަކާއި ވިސާގެ އެންމެހާ މައުލޫމާތުތައް އިމިގްރޭޝަނުން މިއަދު ލޯންޗުކުރި އެޕުން ލިބޭނެ ކަމަށެވެ.
"އަލަށް ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމާ ޕާސްޕޯޓު އައުކުރުމަށް ފަސޭހަކަމާއެކު ހުށަހެޅޭނެ. އަދި މި އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެފަރާތެއްގެ ޕާސްޕޯޓުގެ މައުލޫމާތު ފަސޭހަކަމާއެކު ބަލާލެވޭނެ. މީގެ އިތުރުން ރާއްޖޭގެ ހުރުމަށް ވިސާ ބޭނުންވާ ބިދޭސީންނަށް ދޫކުރާ ވިސާގެ މައުލޫމާތު މި އެޕްލިކޭޝަނަށް ލޮގްއިންކުރައްވައިގެން ފަސޭހަކަމާ ރައްކާތެރިކަމާއެކު ބަލާލެވޭނެ،" ފަސީހު ވިދާޅުވި އެވެ.
މިކަން ރަސްމީކޮށް އިފުތިތާހުކުރީ ބާސެލޯ ނަސަންދުރައިގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުހައްމަދު މުއިއްޒެވެ.
އެ ރަސްމިއްޔާތުގައި އިމިގްރޭޝަންގެ އާ މޮބައިލް އެޕާއި ފޭޝަލް ރިކޮގްނިޝަން އެޕްގެ އިތުރުން ދި "އީ-ވިސާ" ތަޢާރަފުކޮށްފައިވެ އެވެ. އެ ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނާއި އިިމިގްރޭޝަންގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އިމިގްރޭޝަންގެ އެޕަކީ އެތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނާ އެއްގޮތައް އެއް ތަނަކުން ފަސޭހައިން ކޮންމެ މީހަކަށްވެ ސް ބޭނުން ކުރެވޭނެހެން ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ.
އަމާޒަކީ މާލެ ސަރަހައްދުގައި އެޕްލިކޭޝަން މެދިވެރިކޮށް ހުށަހަޅާތާ 24 ގަޑިއިރު ތެރޭގައި ޕާސްޕޯޓު ހައްދައި ފޯރުކޮށްދިނުން ކަމަށް ވެސް ފަސީހު ވިދާޅުވި އެވެ. ފަސީހު ވިދާޅުވީ 31 ރަށެއްގައި ޕާސްޕޯޓު ކަލެކްޝަން ހިދުމަތް މިހާރު ވެސް ލިބެމުންދާކަމަށެވެ.
ޕާސްޕޯޓުގެ ހިދުމަތް ޑިޖިޓަލައިޒްކުރުން އިފްތިތާހުކުރުމަށްފަހު ދެން އިމިގްރޭޝަނުން ވަނީ 100 އިންސައްތަ އީވިސާގެ ހިދުމަތް އިފްތިތާހުކޮށްފައެވެ. މި ހިދުމަތް އިފްތިތާހުކުރެއްވީ ރައީސް މުއިއްޒެވެ.
ހަފްލާގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރާއްޖެއަކީ އޭޝިޔާ ސަރަހައްދުގައި 100 އިންސައްތަ އީ-ވިސާގެ ހިދުމަތް ތައާރަފުކުރި ފުރަތަމަ ގައުމަށް ވާނެ ކަމަށެވެ.
ފޭޝަލް ރިކޮގްނިޝަން އެޕް"އެމް އައިޑީ ޗެކާ" އަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މޯލްޑިވްސް 2.0ގެ ސިޔާސަތުތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއްކަމަށް އިމިގްރޭޝަނުން ބުންޏެވެ.
"މޯލްޑިވްސް 2.0"ގެ ދަށުން އިމިގްރޭޝަންގެ ޚިދުމަތްތަކެއް ޑިޖިޓަލް ކޮށްފައިވާއިރު، މި ތަސައްވުރުގެ ދަށުން ސަރުކާރުގެ އެހެން އިދާރާތަކުން ވެސް އަންނަނީ ޚިދުމަތްތައް ޑިޖިޓަލްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އަހަރެންގެ އަޑަށް ގިނަ ބަޔަކު މަލާމާތްކުރި: ދީޕިކާ
ހަވާއެރުވުމާއެކު ހަނިމާދޫ އެއާޕޯޓް މިރޭ ހުޅުވަނީ