ފައިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓް ކުރި ސާމްޕަލްތަކުން އިތުރު 162 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން 76 މީހަކު ޕޮޒިޓިވްވިއިރު، 68 މީހަކު ވަނީ އަތޮޅު ތެރެއިން ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓްތަކުން 14 މީހަކާއި ސިނާއީ މަސައްކަތް ކުރާ ރަށަކުން ހަތަރު މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ 162 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 26,667 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،784 ގައި މިހާރު ހުރިއިރު 23,803 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

އެޗްޕީއޭ އިން ބުނީ މާލޭ ސިޓީގެ އިތުރުން ނައިފަރާއި ބ. މާޅޮސް، ތ. ވޭމަންޑޫ، ކ. ހުރާ، ކ، ދިއްފުށި އަދި އދ. މާމިގިލީގައި ކޮވިޑު ޕޮޒިޓިވިޓީ ރޭޓު ފަސް ޕަސެންޓަށް ވުރެ އިތުރު ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.