ޕޯޗުގަލް އާއި ސައުދީ ކްލަބް އަލް ނަސްރުގެ ޖެޕްޓަން އަދި ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ޖާޒީ ބާލަން ބޭނުންވަނީ ހަނދުގައި ހުރެގެން ކަމަށް އެމެރިކާގެ މަހުޖަނު އެލޮން މަސްކް ބުނެފި އެވެ.

ބިލިއަނަރު އެލޮން މަސްކް ސޯޝަލް މީޑިއާގައި ބުނީ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ދުނިޔޭގައި އުފެދުނު އާދަޔާ ހިލާފު ހުނަރުތަކެއް ލިބިގެންވާ މޮޅު ކުޅުންތެރިއެއް ކަމަށާއި ދުނިޔޭގެ ފެންވަރުގައި އަދިވެސް އޭނާ މޮޅަށް ކުޅެމުން އަންނަ ކަމަށެވެ.

އެލޮން ބުނީ ރޮނާލްޑޯ ވައިޓް ހައުސްގައި އޭނާ އާއި ބައްދަލުކުރި ކަމަށާއި އަދި ބައްދަލުކޮށް ކުރިއަށް އޮތް ނިންމުންތަކުގެ ގިނަ ވާހަތަކެއް ހިއްސާކުރި ކަމަށެވެ.

އެގޮތުން ރޮނާލްޑޯ ހަނދައް ދާން ނިންމާފައިވާ ކަމަށް އޭނާ ގާތު ބުނި ކަމަށާއި ފުޓުބޯޅަ ކުޅުން ހުއްޓާލަން މިހާރު ރޮނާލްޑޯ ކުޅޭ ސައުދީ ކްލަބް "އަލް ނަޞްރު"ގެ ރީނދޫ ޖާޒީ ބާލާނީ ހަނދަށް ދިއުމަށް ފަހު އެތަނުގައި ހުރެގެން ކަމަށް ބުނެފައިވާ ކަމަށް ބުންޏެވެ.

އެލޮން ބުނީ އެއީ އާދައިގެން ކަމެއް ނޫން ކަމަށާއި ރޮނާލްޑޯ ކުރަން ނިންމާފައިވާ އެ ކަމަކީ ވެސް ހައިރާން ކަމެއް ގެނުވާ ކަމެއް ކަމަށެވެ. އަދި އެކަމުގައި އެހީތެރި ވެދޭނެ ކަމަށް ވެސް އެލޮން ބުންޏެވެ.

"ރޮނާލްޑޯ އެމެރިކާގެ ވައިޓް ހައުސްގައި އަހަރެންނާ ބައްދަލުކުރި. އަދި އެތަނުގައި ވަރަށް ގިނަ ކަންކަމާ ވާހަކަތައް ދެކެވުނު. ބުނި ހަނދާން ދާން ނިންމާފައިވާ ކަމަށް. އަދި އަލް ނަސްރުގެ ޖާޒީ ބާލާނީ ހަނދަށް ގޮސް އެތަނުގައި ހުރެގެން ކަމަށް ބުނި. އެއީ އާދައިގެ ބޭކަލެއް ނޫން. އަހަރެން ރޮނާލްޑޯ އަށް އެކަމުގައި ހެލްޕް ވާނަން،" އެލޮން ބުންޏެވެ.

ރޮނާލްޑޯ ވަނީ ޓެސްލާ އާއި އެކްސް ބޮސް މާސްކް ފަދަ ދުނިޔޭގެ ވިޔަފާރި އާއި ޓެކްނޮލޮޖީގެ އެންމެ އުހުގައި ތިބި ލީޑަރުންނާ އެކު އެންމެ ހައި ޕްރޮފައިލް އިވެންޓެއްގައި ބައިވެރިވެފަ އެވެ. އެމެރިކާގައި އޮތ މި އިވެންޓުގައި އެމެރިކާގެ ރައީސް ޑޮލާން ޓްރަމްޕް އާއި ފީފާގެ ރައީސް އިންފަންޓިނޯ އަދި އެލޮން މަސްކް ފަދަ ޝަޚުސިއްޔަތުތައް ވަނީ މި އިވެންޓުގައި ބައިވެރިވެފަ އެވެ.