މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިއެއް ކަމަށްވާ ސެލީނާ ގޯމޭޒްއަކީ ރާއްޖޭގެ އިތުރުން މުޅި ދުނިޔޭގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތަރި އެކެވެ.
އޭނާގެ އެންމެ ފަހުގެ އަލްބަމް "އައި ސެއިޑް އައި ލަވް ޔޫ ފަސްޓް" ރިލީޒް ކުރިތާ ގާތްގަނޑަކަށް އަހަރެއް ވާން ކައިރިވެފައިވާއިރު އިތުރު އަލްބަމެއްގެ މަސައްކަތް ކުރިއަށްދާކަން އެނގިފައެއް ނުވެ އެވެ.
ނަތީޖާއަކަށް ވެފައިވަނީ ސެލީނާ ލަވަކިޔުން ހުއްޓާލައި އެ ދާއިރާއިން ދުރަށް ދާން އުޅޭ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކުގެ އަޑު ގަދަ ވުމެވެ.
މިދިޔަ އަހަރު އޮތް ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ސެލީނާއަށް ދެން އޮތީ އެންމެ އަލްބަމެއްގެ މަސައްކަތް ކަމަށް އޭނާ ބުންޏެވެ. އެއީ ބެނީއާއެކު "އައި ސެއިޑް އައި ލަވް ޔޫ ފަސްޓް" ރިލީޒް ކުުރުމުގެ ކުރިންނެވެ.
ސެލީނާ އިތުރަށް ބުނެފައިވަނީ ދިރިއުޅުމުގައި އެކި ކަންކަން ތަޖުރިބާ ކުރަން ބޭނުންވާ ކަމަށާއި މިވަގުތު އެންމެ ކުރަން ބޭނުންވާ ކަމަކީ އެކްޓިން ކަމަށެވެ.
ވަރަށް ޅަ އުމުރުގައި ޑިޒްނީގެ ޕްރޮޖެކްޓަކުން ލަވަކިޔުމުގެ ދާއިރާއަށް ތައާރަފްވި ސެލީނާ އެންމެ ކުޑައިރުއްސުރެ ވެސް ބޭނުންވީ އެކްޓަރަކަށް ވާށެވެ.
ސެލީނާއަކީ އޭނާގެ އަލްބަމްތަކަށްޓަކައި ގިނަ އެވޯޑްތަކެއް ވެސް ހޯދާފައިވާ ލަވަކިޔުންތެރިއެކެވެ. އޭގެ ތެރޭގައި އެމީ އެވޯޑްސްއާއި ގޯލްޑަން ގްލޯބް ހިމެނެ އެވެ.
ދުޅަހެޔޮ ކިޑްނީއަކަށް ކަސްރަތުގެ ދައުރު!
މި އަހަރުގެ މިސް ޔުނިވާސް އަކީ މެކްސިކޯގެ ފާތިމާ