މި މަހުން ފެށިގެން ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ދެއްވި ޔަގީންކަމާއެއްގޮތަށް މުސާރަ ބޮޑުވެފައިނުވާތީ، ޝަރުއީ ދާއިރާގެ މުވައްޒަފުން ކަޅު ހެދުމުގައި ހިމޭން އިހްތިޖާޖެއްކޮށްފި އެވެ.
ހައިކޯޓާއި ޑްރަގު ކޯޓާއި ސިވިލް ކޯޓު އަދި ފެމިލީ ކޯޓާއި ޖުވެނައިލް ކޯޓުގެ އިތުރުން ބައެއް މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް މިއަދު އޮފީހަށް ނުކުތީ ކަޅު ހެދުމުގަ އެވެ.
އިހްތިޖާޖުގައި ބައިވެރިވި ބައެއް މުވައްޒަފުން ބުނީ މުސާރައަށް ގެނައި ބަދަލާއެކު ގިނަ މުވައްޒަފުންތަކެއްގެ މުސާރަ ކުޑަވީ ކަމަށެވެ.
"ދެން މި ވިދާޅުވަނީ މުސާރަ ބޮޑުވީއޭ. ކޮބައިތޯ ބޮޑުވެފައި،" މުވައްޒަފަކު ކިޔައިދިނެވެ.
މި އިހްތިޖާޖުގައި ބައިވެރިވި މުވައްޒަފުންގެ ތެރޭގައި ށ. މިލަންދޫ ކޯޓާއި ށ. ފުނަދޫ ކޯޓާއި ބ. ކިހާދޫ ކޯޓާއި ދ. ކުޑަހުވަދޫ ކޯޓުގެ މުވައްޒަފުން ވެސް ހިމެނެ އެވެ.
މުސާރަ ބޮޑުނުވާ މައްސަލާގައި ޝަރުއީ ދާއިރާގެ ބައެއް މުވައްޒަފުން މީގެކުރިން ވެސް ވަނީ އިހްތިޖާޖުކޮށްފަ އެވެ.

ގުރުއާން ހިތުދަސް 50 ހާފިޒަކަށް އާދީއްތަ ދުވަހު އެވޯޑު ދެނީ
ރޯދަ ސުފުރާއަށް ހެދިކާ ނޫން ގޮތެއް ނެތްތަ؟
ބީއެމްއެލްގެ ބޯޑުން ނިންމީ ހިއްސާދާރުންނަށް އުފާވެރި ނިންމުމެއް

ކިހާވަރެއްގެ މުސާރައެއްތޯ ލިބެނީ ޖަހާލިނަމަ....އޭރުންތާ ކިޔުންތެރިންނަށް އެނގޭނީ މުސާރަ ކުޑަވެގެން އުޅެނީ ކިތައް އިންސައްތަ ކަން!!!