މާފަންނު ރައްޔިތުންނާ ރައީސް މުހައްމަދު މުއިއްޒު ބައްދަލުކުރައްވާއިރު، ސުވާލުކުރުމުގެ ފުރުސަތު ދޭނީ މަޖިލިސް މެންބަރުން ހުއްދަދޭ މީހުންނަށް އެކަނި ކަމަށް ނިންމައިފި އެވެ.
މިފަދައިން ނިންމީ ރޭ މައްޗަންގޮޅި ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރެއްވުމުން ސަރުކާރުން ހިންގާ ގާނޫނާ ހިލާފު ކަންތައްތަކާ ގުޅޭގޮތުން ބައެއް މީހުން ސުވާލުކުރުމުންނެވެ.
ރައީސް މުއިއްޒު ބައްދަލުކުރެއްވުމަށް ބާއްވާ ޖަލްސާގައި ހިޔާލުފާޅުކުރަން ބޭނުންވާ މާފަންނު މެދު ދާއިރާ މީހުންގެ ނަންތައް އެ ދާއިރާގެ މަޖިލިސް މެންބަރު، އަސްމާ ރަޝީދު (އަސްމާއްތަ) އަށް ފޮނުވަން އޭނާ އަންނަނީ އަންގަވަމުންނެވެ.
އަސްމާއްތަ ފޮނުވަމުންދާ އެކި މީހުންނަށް މެސެޖުގައި ވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ރައީސް މުއިއްޒު މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މުއިއްޒު ބާއްވަވާ ބައްދަލުވުން އޮންނާނީ ޑިސެމްބަރު 4، ވާ ބުރާސްފަތި ދުވަހުގެރޭ 8:30 ގައި ތާޖުއްދީން ސްކޫލުގަ އެވެ.
ރައީސް މުއިއްޒުއަށް ސިޓީއެއް ނުވަތަ ނޯޓުކޮޅެއް ދޭން ބޭނުންވާ ރައްޔިތުން ވެސް އެ ތަކެތި ޖަލްސާ އޮންނަ ދުވަހު އަސްމާއްތައާ ހަވާލުކުރަން އޭނާ ދަނީ އެދެމުންނެވެ.
މިދިޔަ ހަފްތާގައި ރައީސް މުއިއްޒު ވަނީ ވިލިމާލޭ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާފަ އެވެ.
މަޖިލީހުގެ އާ ނައިބު ރައީސަކު ހޮވުމަށް މިއަދު އިތުރު ޖަލްސާއެއް
ފުވައްމުލަކުގައި ހިންގި "ޑްރަގް ކެފޭ"އެއް ބަންދުކޮށްފި
"ނާގިން 7"ގެ ގްރޭންޑް ފިނާލޭ އަންނަނީ!
