ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހޮލީވުޑްގެ މަޝްހޫރު ފިިލްމު "ހޯމް އެލޯން"ގެ ސީކުއަލްއެއް އަވަސް މުސްތަގްބަލެއްގައި ފެނިދާނެ ކަމުގެ އިޝާރާތެއް ލިބިއްޖެ އެވެ.
ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި "ހޯމް އެލޯން" ފްރެންޗައިޒްގެ ލީޑު އެކްޓަރުގެ ގޮތުގައި ފެނިގެންދިޔަ މެކެއުލޭ ކަލްކިން ވަނީ އެ ފްރެންޗައިޒްގެ އާ ފިލްމެއް ބެލުންތެރިންނާ ހަމައަށް އައުމުގެ ފުރުސަތާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
މެކެއުލޭ ބުނީ ހޯމް އެލޯންގެ އިތުރު ފިލްމަކަށް އޭނާ ތައްޔާރަށް ހުރި ކަމަށާއި އެހެން ނަމަވެސް ފިލްމުގެ ވާހަކަ ވާންވާނީ ފެންވަރު ރަނގަޅު ވާހަކައަކަށް ކަމަށެވެ.
މެކެއުލޭ ބުނީ އެ ފިލްމުގެ ވާހަކައެއްގެ ގޮތުގައި އޭނާ ގެއިން ބޭރުގައި ތަޅުލެވި ގެއަށް ވަންނަން މަސައްކަތްކުރާއިރު އޭނާގެ ދަރިފުޅު ޖަހާފައިވާ ދަންތުރަތައް ދައްކުވައިދޭ ވާހަކައެއް އޭނާގެ ސިކުނޑީގައި އެބައޮތް ކަމަށެވެ.
މެކެއުލޭ "ހޯމް އެލޯން" ފްރެންޗައިޒް އިން ފެނިގެންދިޔައީ އޭނާގެ އުމުރުން ވަރަށް ހަގު ދުވަސްވަރެއްގަ އެވެ. އެ ފިލްމުތަކުގައި އޭނާ ގޭގެ އެތެރޭގައި ތަޅުލެވި ގެއަށް ވަންނަން މަސައްކަތްކުރާ ވަގުންތަކަކަށް އެކި ކަހަލަ ލަނޑުދެ އެވެ.
އެހެން ނަމަވެސް ސީކުއަލްއެއްގައި މަންޒަރު ބަދަލުވެ އޭނާއަކީ ލަނޑު ލިބޭ މީހާއަށް ވާން ބޭނުންވާ ކަމަށް ވެސް މެކެއުލޭ ބުނެފައިވެ އެވެ.
މިއާއެކު ހޯމް އެލޯންގެ ސީކުއަލްއެއް މުސްތަގުބަލުގައި އަންނަނަމަ އެ ފިލްމަކުން މެކެއުލޭ ފެނުމުގެ ފުރުސަތު އެބައޮތް ކަން މިވަނީ ހާމަވެފަ އެވެ.
ދިރާގުން ދޭ ދެ ސްޕީޑްބޯޓް ހޯދަން ބާކީ ދެ ދުވަސް
އެންމެ ބޮޑު ހަތަރު އެއާލައިން އާ ޓާމިނަލަށް ބަދަލު ނުވެ ލަސްވަނީ
ރައީސް މުއިއްޒު މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވަނީ