ހުޅުމާލެ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހެއްގެ ކޮނޑުހުޅު ނެއްޓިއްޖެ އެވެ.
ފުލުހުން ބުނީ ހައިވޭ އިން ހުޅުމާލެއަށްދާ ލޭންގެ ހަތަރު ލޭން ހިމެނޭ ހިސާބުގައި ސައިކަލަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމުގެ މައުލޫމާތު މިއަދު 9:00ހާއިރު ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސައިކަލް ދުއްވަން އިން 28 އަހަރުގެ ދިވެހި ފިރިހެނަކަށާއި ސައިކަލްގެ ފަހަތުގައި އިން އިންޑިއާގެ އަންހެނަކަށެވެ. އެ ދެ މީހުންނަށް ވެސް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓްގައި 28 އަހަރުގެ މީހާގެ ކަނާތު ކޮނޑުހުޅު ނެއްޓި އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ. އަދި 22 އަހަރުގެ އަންހެން މީހާގެ ގައިގެ އެކި ތަންތަން މަށައިގެން ގޮސް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
12،000 އަށް ވުރެ ގިނަ ބިދޭސީން ފޮނުވާލައިފި
ތައިލެންޑުން ދޭ އޮން އެރައިވަލް ވިސާ 30 ދުވަހަށް އިތުރުކޮށްފި
މެޗަށްފަހު އާޖެންޓީނާގެ ކަނޑުގެ ސަރަހައްދަށް އިނގިރޭސި މަނަވަރެއް
