ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަސްރީން، ސަރުކާރުގެ އެހެން މަގާމަކަށް ބަދަލުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމުން ނަސްރީން މިއަދު އިސްތިއުފާދެއްވުމުން މިހާރު ބަދަލުކޮށްފައިވަނީ ޔޫތު މިނިސްޓްރީގެ މަގާމަކަށެވެ. ނަމަވެސް، އެއީ ކޮން މަގާމެއް ކަމެއް އަދި އެނގިފަ އެއް ނުވެ އެވެ.
ނަސްރީން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަށް އައްޔަނުކުރީ، އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ސައީދު މިދިޔަ އަހަރުގެ ޑިސެމްބަރު 19ގައި އިސްތިއުފާދެއްވުމުންނެވެ.
އޭގެ ކުރިން އެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު ވެސް މެނޭޖިން ޑިރެކްޓަރުކަން ކުރެއްވީ ކުރު މުއްދަތަކަށެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 24ގެ ޒީނާ ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.
ނަސްރީނަކީ ޕީއެސްއެމްގައި ހިދުމަތް ކުރައްވާތާ ނުވަ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ގައުމީ ޔުނިވާސިޓީއާއި މެޕްސް ކޮލެޖާއި ސައިރިކްސް ކޮލެޖުގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ނަސްރީން ވަނީ މެލޭޝިއާގެ ލިމްކޮކް ޔުނިބާސިޓީން ބެޗްލާސް ޑިގްރީ ހާސިލުކުރައްވައި، ތައިލެންޑުގެ ކޮލެޖް އޮފް އިނޮވޭޝަން އެޓް ތަމަސަޓް ޔުނިވާސިޓީން ސާވިސް އިނޮވޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިފަ އެވެ.
ދިރާގުގެ ރަން ކާށި ބިނދެގެން އަގުހުރި އިނާމުތަކެއް!
އެމްއޭސީއެލުން 1.6 ބިލިއަން ރުފިޔާގެ ލޯނު ސަރުކާރަށް
ބީއެމްއެލްއިން މިދިޔަ އަހަރު 565 މިލިއަން ޑޮލަރު ވިއްކި