ބުދަ ދުވަހުން ފެށިގެން އއ. އުކުޅަހުން ގެއްލިގެން ހޯދަމުން އަންނަ ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
އުކުޅަހުން ގެއްލިގެން ހޯދަމުން ދަނީ އެ ރަށު ގެސްޓް ހައުސްއެއްގައި ހުރި ރަޝިޔާގެ ފަތުރުވެރިއެކެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ އަންގާރަ ދުވަހު ހަވީރުކަމަށް ގެސްޓްހައުސްއާ ހަވާލާދީ ކައުންސިލުން ބުނެފައިވެ އެވެ.
ކައުންސިލުން ބުނީ ފަތުރުވެރިޔާ މޫދަށް ގެއްލުނީ ކަމަށް ބެލެވޭ ކަމަށެވެ. ސަބަބަކީ އޭނާގެ ތުވާއްޔާއި ބައެއް ތަކެތި މޫދު ކައިރިން ފެނިފައިވާތީ ކަމަށާއި ނަމަވެސް އަދިވެސް އެކަން ކަށަވަރު ނުވާކަމަށް ކައުންސިލުން ބުނެ އެވެ.
އޭނާ ހުރި ގެސްޓް ހައުސްގެ ކޮޓަރީގައި އޭނާގެ ފޯނާއި ވޮލެޓްފަދަ ތަކެތި ހުރި ކަމަށްވެސް އެ ގެސްޓްހައުސްއިން މައުލޫމާތު ދީފައިވެ އެވެ. ފަތުރުވެރިޔާ އިއްޔެ ހެނދުނު އެރަށުން ފުރަން ހަމަޖެހިފައިވީ ނަމަވެސް މިހާތަނަށް އޭނާގެ ހަބަރެއް ވަނީ ނުވެފަ އެވެ.
ރަށު ކައުންސިލާއި ފުލުހުން ގުޅިގެން އަދިވެސް ދަނީ ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ފަތުރުވެރިޔާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، އޭނާ ހުރި ގެސްޓްހައުސް ލަ ޕާމަ ސޫޓްސްގެ ނަންބަރު 9646363 އަށް ނުވަތަ އުކުޅަހު ޕޮލިސް ޑެސްކުގެ ނަންބަރު 9553510 އަށް ގުޅަން ކައުންސިލުން އެދެ އެވެ.
އެމާގެ މި ހެދުން ހާއްސަވާ ސަބަބު ވަރަށް ތަފާތު!
ކުދީނާ ފަތުން ހަންގަނޑަށް ފައިދާތަކެއް!
ވިޔަފާރިވެރިންނަށް ސަރުކާރުން ފައިސާ ނުލިބޭ ކަމުގެ ޝަކުވާ!