ބޮލީވުޑްގެ ކާމިޔާބު ތަރި ޝާހްރުކް ޚާންއާ ބެހޭގޮތުން އެ ދާއިރާގައި މަސައްކަތްކުރާ އެހެން ތަރިއެއް ކަމަށްވާ ވިވެކް އޮބެރޯއީ ދެއްކި ވާހަކަތަކުގެ އަސްލު އޭނާ ކިޔައިދީފި އެވެ.
މީގެ ކުރިން ދިން އިންޓަވިއުއެއްގައި ވިވެކް ވަނީ 25 ވަރަކަށް އަހަރު ފަހުން ޝާހްރުކް ޚާންއަކީ ކާކުކަން ވެސް ގިނަ ބަޔަކަށް ނޭނގޭނެ ކަމަށެވެ.
ވިވެކްގެ މި ބަސްކޮޅާއެކު ޝާހްރުކް ޚާންއަށް ސަޕޯޓުކުރާ ގިނަ މީހުން ވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އޭނާ ދިފާއުކޮށް ވިވެކްއަށް ރުޅިވެރިކަމުގެ ބަސްތައް އަމާޒު ކޮށްފަ އެވެ.
އެންމެ ފަހުން ވިވެކް ވަނީ އެ ފާޑުކިޔުންތަކަށް ޖަވާބުދާރީވެ ޝާހްރުކް ޚާންއާ ބެހޭގޮތުުން އޭނާ އެހެން ބުނީ ކީއްވެކަން އާއްމުންނަށް ބުނެދީފަ އެވެ.
ވިވެކް ބުނީ 1950ގެ އަހަރުތަކުގައި ބޮލީވުޑުން ވިދާލި ތަރިއެއް ކަމަށްވާ ރާޖް ކަޕޫރު މިހާރުގެ ޖީލަށް ނޭނގޭ ކަމަށާއި އެހެން ނަމަވެސް އޭނާގެ ކާފަ ދަރިފުޅު ރަންބީރު ކަޕޫރު އެންމެންނަށް ވެސް އެނގޭ ކަމަށެވެ.
ހަމަ އެ ގޮތުގެ މަތިން އަރަމުން އަންނަ ޖީލުތަކަށް ވެސް އެނގޭނީ އެ ޖީލަށް ނިސްބަތްވާ ބޮލީވުޑްގެ ތަރިން ކަމުގައި ވިވެކް ބުނެފައިވެ އެވެ.
ވިވެކްގެ ވާހަކަ ކޮޅު ނިންމާލަމުން އޭނާ ވަނީ އޭނާގެ ބަސްތަކުން ގިނަ ބައެއްގެ ޖަޒުބާތުތަކަށް ކުޑައިމީސް ކުރެވުނީތީ މައާފަށް އެދި ހުދު އޭނާއަކީ ވެސް ޝާހްރުކް ޚާންގެ ސަޕޯޓަރެއް ކަމަށް ބުނެފަ އެވެ.
ފޯޅަވަހީގެ މައްސަލައިގައި ރާއްޖެއަށް ހަނި ދޮރެއް
ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓް ހޯދަން 129 ކެނޑިޑޭޓުން
ޖެނިފާއާއި އޮބާމާއާ ގުޅުވައިގެން ދެކެވުނު ވާހަކަތަކުގެ ހަގީގަތް!