އައްޑޫގެ މޭޔަރަކަށް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ހުށަހެޅުއްވި މުޝްރިފް އަލީ ބަލިވާނެކަން އެނގުމުން އައްޑޫ ސިޓީ މޭޔަރު އިންތިހާބުގެ ޕްރައިމަރީ ނުބާއްވަން އެ ޕާޓީން ނިންމައިފި އެވެ.
މުޝްރިފާ އެންމެ ގާތުން ވާދަކުރެއްވި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހްމަދު އަދީލް ނަސީރު އުޅުނީ ކުރީގަ އެވެ.
މުޅި އައްޑޫ ސިޓީއަށް ކެމްޕޭން ފުޅާކޮށް އަދީލް ހޮވޭނެކަމުގެ ޔަގީންކަން ލިބިފައި ވަނިކޮށް، ޕީއެންސީން އޭނާއަށް އެންގީ ނަން އަނބުރާ ގެންދިޔުމަށެވެ. ނަމަވެސް ޕްރައިމަރީ ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ނަން އަނބުރާ ގެންދަން އަދީލް ބޭނުމެއް ނުވި އެވެ.
އެހެންވެ، ޕީއެންސީން ވަނީ އައްޑޫގެ މޭޔަރު ކަމުގެ ޕްރައިމަރީ ނުބާއްވަން ނިންމައި، އެ ޕާޓީން ބޭނުންވާ ބޭފުޅަކަށް ޓިކެޓް ދިނުމަށް ނިންމާފަ އެވެ. އެގޮތުން މުޝްރިފަށް މިހާރު ވަނީ ޕީއެންސީގެ އައްޑޫ މޭޔަރު ކަމުގެ ޓިކެޓް ކަށަވަރުކޮށްދީފަ އެވެ.
މިކަން މިހެން ކުރުމަށްފަހު ޕީއެންސީން އަޑުފަތުރަމުން ގެންދަނީ އަދީލް އަމިއްލައަށް ނަންނެގީ ކަމަށެވެ. ނަމަވެސް އެއީ ކަނޑެޅިގެން ދޮގެއް ކަމަށް އޭނާގެ އަރިސް ބޭފުޅަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އަދީލް ލައްވައި ގަދަކަމުން ނަން ނެގުވީ އެވެ.
"ރޯ ބުހުތާނު ދޮގު އެއީ. ފެށުނީއްސުރެ ޕީއެންސީން ބޭނުންވީ މުޝްރިފް އަށް ޓިކެޓް ދޭން. ކުރިން އެ ބޭފުޅުން ހީކުރީ މުޝްރިފް ކަމަށް މޮޅުވާނީ. އެކަމަކު އޭނާ ބަލިވާނެކަން ޔަގީންވުމުމުން އަދީލަށް އެންގީ ނަން އަނބުރާ ގެންދަން. އެކަން ނުކުރުމުން އައްޑޫ މޭޔަރު ޕްރައިމަރީ ނުބާއްވަން ނިންމީ. ދެން އެ ހިސާބުން އަދީލް ބޭނުންފުޅެއް ނުވި ކުރިއަށްދާން،" އަދީލްގެ އަރިސް ބޭފުޅަކު ކިޔައިދިނެވެ.
ޕީއެންސީގެ ލީޑާޝިޕުން ގުޅާފައި އަދީލަށް އެންގީ ރައީސް މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ އަދީލްގެ ނަން އަނބުރާ ގެންދަން ކަމަށެވެ.
މީގެކުރިން އެ ޕާޓީން ވަނީ ފުވައްމުލަކު މޭޔަރު ކަމަށް ވާދަކުރެއްވި ދެ ބޭފުޅެއްގެ ޝަރުތުހަމަނުވާ ކަމަށް ވެސް ނިންމާފަ އެވެ. އެކަންކުރީ އަލީ މަސީހަށް ޓިކެޓް ދޭންވެގެންނެވެ.
އެސްއެމްއީތައް ކުރިއެރުވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަނީ
"ގުޑް މޯނިންގް" ބުނެލާނީ ޚާއްސަ މީހުން
ވައިބާ ހެކްކޮށްގެން ފޭރުނު 150،000 ރުފިޔާ އަދިވެސް ނުހޯދޭ
