ޅެމުން ނަފްސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް ބޮޑު ދިރާސާއެއް ހަދައި ހެރިޓޭޖް މިނިސްޓްރީއަށް ހުށަހަޅާފައި ވަނީ ހެލްތު މިނިސްޓްރީގެ ހުއްދަ ނުހޯދައި ކަން އެނގިއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނިވްސް ކޮންފަރެންސެއްގައި މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ ޅެމުން ފަރުވާ ދިނުމާ ގުޅޭ ދިރާސާ ހެއްދެވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ވަހީދު (އޮގަރު ވަހީދު) ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު ދިރާސާތައް ކުރަމުން އަންނަ ކަމަށް ވެސް އާދަމް ނަސީރު ވިދާޅުވި އެވެ.
އެނގިފައިވާގޮތުގައި އޮގަރު ވަހީދު އެ ދިރާސާ ހަދާފައި ވަނީ ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިނާ ހިލާފަށެވެ.
"ސިއްހީ ދިރާސާކުރުމާ ބެހޭ ގަވާއިދު" ބުނާގޮތުން، ރާއްޖޭގައި ސިއްހަތާ ގުޅުން ހުރި އިލްމީ ދިރާސާއެއް ހަދަން ޖެހޭނީ އެ ގަވައިދުގެ ދަށުން އުފައްދާފައިވާ ހެލްތު ރިސާޗު ކައުންސިލްގެ ހުއްދަ ހޯދައިގެންނެވެ. ނަމަވެސް އެ ދިރާސާ ހެދީ އެ ހުއްދަ ނުހޯދަ އެވެ.
ޅެމުން ފަރުވާ ދިނުމުގެ މަސައްކަތާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ހިއްސާކޮށްފައެއްނުވެ އެވެ.
"ﷲގެ އިރާދަފުޅާއެކު" 1000 ގޯލު ހަމަ ކުރާނަން: ރޮނާލްޑޯ
"ސްޓްރެސް" ވޭތަ؟ މިއޮތީ މުޅިން ތަފާތު ހައްލެއް!
ބޮލީވުޑް: މި ތަރިންނަކީ އިންޑިއާ ރައްޔިތުންނެއް ނޫން!
