2025 ވަނަ އަހަރަށް އަލްވަދާއު ކިޔުމަށްފަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުން މިވަނީ 2026 ވަނަ އަހަރަށް މަރުހަބާ ކިޔާފަ އެވެ.

އެގޮތުން އާ އަހަރަށް މަރުހަބާ ކިޔުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު އެކި ގައުމުތަކުގައި މިފަހަރު ވަނީ ރެކޯޑުތައް ވެސް ހަދާފަ އެވެ.

ނިއުޔޯކް، އެމެރިކާ

ޓައިމްސްކުއާ

އެމެރިކާގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ ނިއުޔޯކްގެ ޓައިމްސްކުއާގައި އާ އަހަރު ފާހަގަކުރީ ކޮންފެޓީއާއި އެތަނަށް އެއްވި އެތައް ހާސް ބައެއްގެ ގަދަ އަޑާއެކުގަ އެވެ.

ރިއޯ، ބްރެޒިލް

ރިއޯ، ބްރެޒިލް

އާ އަހަރު ފާހަގަ ކުރަން ބްރެޒިލްގެ ވެރިރަށް ރިއޯގައި ބޭއްވި ބޮޑު އެއްވުމާއެކު އެ ސިޓީ ވަނީ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފަ އެވެ.

ލަންޑަން، އިނގިރޭސި ވިލާތް

ލަންޑަން، އިނގިރޭސި ވިލާތް

އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގެ މަޝްހޫރު ބިގް ބެން ޓަވަރާ ދިމާލުން އެރުވި ހަވާގެ ހަރަކާތްތައް ބަލަން އެ ސިޓީގެ އެތައް ހާސް ބަޔަކު އެތަނަށް އެއްވި އެވެ.

ޕެރިސް، ފްރާންސް

ޕެރިސް، ފްރާންސް

ފްރާންސްގެ ވެރިރަށް ޕެރިސްގައި އާ އަހަރަށް މަރުހަބާ ކިޔާފައިވަނީ އެ ސިޓީގައި ބޭއްވި ލައިޓް ޝޯއަކާއި ހަވާ އެރުވުމުގެ ކުލަގަދަ ހަރަކާތްތަކާއެކު

ބެއިޖިންގް، ޗައިނާ

ބެއިޖިންގް، ޗައިނާ

މި ފެށުނު އާ އަހަރާ ގުޅުވައިގެން ޗައިނާގެ އެންމެ މަޝްހޫރު އެއް މަންޒިލް ކަމަށްވާ އެ ގައުމުގެ ބޮޑު ފާރު ވަނީ އެކި ކުލަތަކުން ދިއްލާލާފަ އެވެ.

ބާލީ، އިންޑޮނޭޝިއާ

ބާލީ، އިންޑޮނޭޝިއާ

އިންޑޮނޭޝިއާގެ އެންމެ މަގުބޫލު އެއް މަންޒިލް ކަމަށްވާ ބާލީގައި އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ބޮޑެތި މީހުންނާއި ކުޑަކުދިންނާއެކު ސަގާފީ ހަރަކާތްތަކެއް ބޭއްވި އެވެ.

ސިއޯލް، ދެކުނު ކޮރެއާ

ސިއޯލް، ދެކުނު ކޮރެއާ

ދެކުނު ކޮރެއާގެ ވެރިރަށް ސިއޯލްގައި ހުންނަ އެންމެ އުސް އިމާރާތް ކަމަށްވާ ލޮޓޭ ވޯލްޑް ޓަވަރު ޑިސެމްބަރު 31 ވަނަ ދުވަހު ރޭ ދިއްލާލީ ލޭޒާ ލައިޓްތަކުންނެވެ.

ދުބާއީ، ޔޫއޭއީ

ދުބާއީ، ޔޫއޭއީ

2026 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖް ޚަލީފާގައި ހަވާގެ ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.