މަގު ހެދުމަށް ހާއްސަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މި ދައުރުގައި ދެ ވަނަ ފަހަރަށް ލޯގޯ ބަދަލުކޮށްފި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ބޮޑު ގެއްލުމުގައި ހިންގަމުން އަންނަ އާރުޑީސީން އާ އަހަރާއި ދިމާކޮށް ވަނީ އާ ލޯގޯ ތައާރަފުކޮށްފަ އެވެ.
އެ ކުންފުނިން ބުނީ އާ ލޯގޯއިން ރަމުޒު ކޮށްދެނީ ދިވެހިންގެ އަތްތެރިކަމުގެ އެންމެ އަސާސީ ބިންގާ ކަމަށްވާ ފަން ވިނުންކަމަށެވެ. ދިވެހި ރުކުގެ ފަން ވިނުމުގެ ފުރަތަމަ މަރުހަލާ ފެންނަ މި ލޯގޯއިން އާރުޑީސީގެ އުފެއްދުންތެރިކަމާއި އިމާރާތްކުރުމުގެ ފެށުން ދައްކުވައިދޭކަމަށް އެ ކުންފުނިން ބުނެ އެވެ.
ލޯގޯއިން ހަތަރު އަނގޮޅި ކަންމައްޗެއް ވެސް ރަމްޒުކޮށްދޭ ކަމަށާއި، އޭގެން ދައްކުވައިދެނީ ގައުމީ ތަރައްގީއާ ދިމާލަށް އެކި މަގުތައް ގުޅިލާމެހިފައިވާ ކަން ކަމަށް ވެސް، އާރުޑީސީން ކުރި ޕޯސްޓެއްގައި ވެ އެވެ.
ފާހަގަކޮށްލެވެ ގޮތުގައި އާރްޑީސީގެ މެންޑޭޓުގައި ނެތް މަސައްކަތްތައް ކަމަށްވާ، ޕޮލިސް ސްޓޭޝަން އެޅުމާއި ހޮސްޕިޓަލު އެޅުން ފަދަ މަސައްކަތްތައް މަގުހަދާ ކުންފުންޏާ މި ސަރުކާރުން ހަވާލުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.
މީގެ ކުރިން މި ދައުރުގެ ކުރީ ކޮޅުވެސް އާރްޑީސީން ވަނީ ލޯގޯ ބަދަލުކޮށްފަ އެވެ. އެފަހަރު ލޯގޯ ބަދަލުކުރީ ލޯގޯގައި ރީނދޫކުލަ ހުރުމުންކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ދާދި ފަހުން އާއްމުކޮށްފައިވާ ކުންފުނިތަކުގެ ރިޕޯޓްތައް ދައްކާ ގޮތުން އާރުޑީސީއަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 113.73 މިލިއަން ރުފިޔާގެ ގެއްލުން ވި އެވެ.
ފައްތާހުގެ ކުއްލި ވަކިވުމާއެކު ދިވެހި ފިލްމީ ދާއިރާއަށް ސިހުމެއް!
އާ އަހަރަށް ކަނޑައަޅާ އަމާޒުތައް ނުދެމެހެއްޓެނީ ކީއްވެ؟
އާ ޓާމިނަލަށް ހުރިހާ އެއާލައިނެއް ބަދަލުކޮށްފި