ވެރިކަންކުރާ ޕީއެންސީއަށް ހަ މަސް ތެރޭގައި 5،000 މެންބަރުން އިތުރުވެ، ޖުމުލަ މެންބަރުންގެ އަދަދު 74،000އަށް ވުރެ މައްޗަށް އަރައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، ޕީއެންސީގައި މިވަގުތު 74،048 މެންބަރުން އެބަތިއްބެވެ.
ޖޫން މަހުގެ 29 ވަނަ ދުވަހު އެ ކޮމިޝަނުން އާއްމުކުރި ތަފާސްހިސާބުން އެނގޭ ގޮތުގައި އޭރު އެ ޕާޓީގައި 68،665 މެންބަރުން ތިއްބެވެ. އެހެންކަމުން ހަ މަސްތެރޭ މިވަނީ 5،383 މެންބަރުން ޕީއެންސީއަށް މިވަނީ އިތުރުވެފަ އެވެ.
އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ މެންބަރުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ޖޫން 29 ގެ ނިޔަލަށް އެމްޑީޕީގައި 43،765 މެންބަރުން ތިބިއިރު، އެ އަދަދު މިހާރު ވަނީ 43،784 އަށް އިތުރުވެފަ އެވެ.
އިތުރުވެފައެވެ.އީސީން މިރޭ އާއްމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭގެ މެންބަރުންގެ އަދަދަކީ 9686 އެވެ.
ޖޫން 29، 2025އަށް ފަހު ޕާޓީތަކުގެ މެންބަރުންގެ އަދަދުތަކަށް އައި ބަދަލު:
އަދާލަތު ޕާޓީ - 8،267 (577 މެންބަރުން ވަނީ މަދުވެފަ)
ޖުމްހޫރީ ޕާޓީ - 12،343 (1،113 މެންބަރުން ވަނީ މަދުވެފަ)
މޯލްޑިވްސް ނޭޝަނަލް ޕާޓީ - 5،133 މެންބަރުން (703 މެންބަރުން ވަނީ މަދުވެފަ)
ޕީޕަލްސް ނޭޝަނަލް ފްރަންޓް - 3،012 މެންބަރުން (34 މެންބަރުން ވަނީ މަދުވެފަ)
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖޫންގެ ނިޔަލަށް ދަ ޑިމޮކްރެޓްސްގައި 3،547 މެންބަރުން ތިބިއިރު މިވަގުތު އެ ޕާޓީގައި ތިބީ 2،952 މެންބަރުންނެވެ.
ދެ އިންތިހާބު އެއްކުރަން އެމްޑީޕީން ދެކޮޅު
ސަނީ އުމަރު ގޮވައިގެން ފުލުހުން އަނދުންގެއަށް ވަދެއްޖެ
ހަކުރު ކޮންޓްރޯލް ކުރާނަމަ ހިތުގެ ބަލީގެ ފުރުސަތު ކުޑަވޭ: ދިރާސާ
