ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ސްރީ ލަންކާގައި ހުންނަ ލަންކާ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި އެވެ.
އާސަންދަ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އާސަންދަ ކުންފުނިން އެ ހޮސްޕިޓަލާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވި އިރު ވެސް އެއްބަސްވުން އާ ކުރެވޭނެ ގޮތެއް ނުވި ކަމަށެވެ. ސަބަބަކީ އެއްބަސްވުމުގެ ބައެއް ބައިތަކަށް ދެ ފަރާތަށް އެއްބަސްނުވެވިގެން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އެ ހޮސްޕިޓަލަށް އާސަންދައިން ދައްކަންޖެހޭ ފައިސާ ދެއްކުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.
އެ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް އަލުން ފެށުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ލަންކާގެ އިތުރު ހަތް ހޮސްޕިޓަލެއްގައި އާސަންދައިގެ ހިދުމަތް ދެ އެވެ.
އެމެރިކާއިން އަނެއްކާވެސް އީރާނަށް ހަމަލާދީފި
ބެލުންތެރިންގެ މަގުބޫލު "އޮފް ކެމްޕަސް" ބަލައިފިންތަ؟
"އެފް 1" ސީކުއަލްއަށް އިތުރު އިންތިޒާރެއް ކުރަން ޖެހިދާނެ!
