ނެސްލޭ އިން އުފައްދާަފައިވާ "އެސްއެމްއޭ" މަރުކާގެ އިންފެންޓް ފޯމިއުލާ އާއި ފޮލޯއަޕް ފޯމިއުލާގެ ބައެއް ބެޗުތަކުން ވިހަ މާއްދާއެއް ފެނިއްޖެ އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނީ ނެސްލޭއިން އުފައްދާަފައިވާ "އެސްއެމްއޭ" މަރުކާގެ އިންފެންޓް ފޯމިއުލާ އާއި ފޮލޯއަޕް ފޯމިއުލާގެ ބައެއް ބެޗުތަކުން އެ ވިހަ މާއްދާ ފެނިފައިވާތީ، އެ ތަކެތި ބާޒާރުން ނެގުމަށް ނިންމާފައިވާކަން، އެ ކުންފުނިން އިއުލާން ކޮށްފައިވާ ކަމަށެވެ.

"ސެރެއުލައިޑް"އަކީ ބެސިލަސް ސީރިއަސް ޖަރާސީމުން އުފައްދާ ވިހަ މާއްދާއެކެވެ. އެ މާއްދާ އިން ތަޣައްޔަރު ވެފައިވާ އެއްޗެއް ބޭނުން ކުރެވިއްޖެ ނަމަ މޭނުބައިކޮށް، ހޮޑުލުން އަދި ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ދިމާވެ އެވެ.

ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، އެ އުފެެއްދުންތައް ރާއްޖެ އެތެރެ ކުރުމާއި ވިއްކުން އެމްއެފްޑީއޭ އިން ވަނީ މިއަދުން ފެށިގެން މަނާކޮށްފަ އެވެ.

މަނާކުރި ބާވަތްތައް

  • އެޑްވާންސް ފަސްޓް އިންފެންޓް މިލްކް 800 ގުރާމް
  • އެސްއެމްއޭ އެޑްވާންސް ފޮލޯ އޮން މިލްކް 800 ގުރާމް
  • އެސްއެމްއޭ އެންޓި ރެފްލަކްސް 800 ގުރާމް
  • އެސްއެމްއޭ އަލްފަމިނޯ 400 ގުރާމް
  • އެސްއެމްއޭ ފަސްޓް އިންފެންޓް މިލްކް 800 ގުރާމް
  • އެސްއެމްއޭ ފަސްޓް އިންފެންޓް މިލްކް 400 ގުރާމް
  • އެސްއެމްއޭ ފަސްޓް އިންފެންޓް މިލްކް 1.2 ކިލޯ ގްރާމް
  • އެސްއެމްއޭ ލިޓުލް ސްޓެޕް ފަސްޓް އިންފެންޓް މިލްކް 800 ގުރާމް
  • އެސްއެމްއޭ ކޮމްފޮޓް 800 ގުރާމް
  • އެސްއެމްއޭ ފަސްޓް އިންފެންޓް 200 މިލި ލީޓަރު
  • އެސްއެމްއޭ ފަސްޓް އިންފެންޓް 70 މިލި ލީޓަރު
  • އެސްއެމްއޭ ލެކްޓޮސް ފްރީ 400 ގްރާމް

އެ ބާވަތުގެ ފޯމިއުލާގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ މި އަހަރުގެ ނިޔަލަށް މުއްދަތު ހަމަވާ ވައްތަރުތަކެވެ.