ކެރީބިއަން ކަނޑުން ވެނެޒުއެލާގެ އިތުރު ތެޔޮ ޓޭންކަރެއް އެމެރިކާގެ އަސްކަރިއްޔާއިން ހިފަހައްޓައިފި އެވެ.
މި ތެޔޮ ޓޭންކަރު ހިފަހައްޓާފައި މިވަނީ ކުށްވެރިންނަށް ރައްކާތެރި މާހައުލެއް ނެތްކަން އަންގައިދިނުމަށް ދިން ވަރުގަދަ މެސެޖެއް ކަމަށް އެމެރިކާއިން ބުނެ އެވެ.
އެމެރިކާ އިން ބުނީ، އަތުލައިގަނެފައި ވަނީ "އޮލީނާ" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއް ކަމަށާއި މި ޓޭންކަރު އަތުލައިގަތީ ހަމަލާ ބަދަލުކުރުމަކާ ނުލައި ކަމަށެވެ. އެ ޓޭންކަރަށް އަމާޒުކުރި ސަބަބެއް ނުވަތަ ކުރެވޭ ތުހުމަތުތަކާ ގުޅޭ އިތުރު ތަފްސީލެއް އެމެރިކާއިން ނުދެ އެވެ.
އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޯމް ވަނީ މި އޮޕަރޭޝަންގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފަ އެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި އެމެރިކާގެ ހެލިކޮޕްޓަރެއް ޓޭންކަރަށް ޖައްސައި، ސިފައިން ވަނީ ގޮވާއެއްޗެއް ބޭނުންކޮށްގެން ބޯޓުގެ ދޮރެއް ހަލާކު ކޮށްލައިގެން އެތެރެއަށް ވަދެފަ އެވެ. ނޯމް ސިފަކުރެއްވި ގޮތުގައި މިއީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ތެޔޮ އުފުލުމަށް ބޭނުންކުރާ "ގޯސްޓް ފްލީޓް"ގެ ބޯޓެކެވެ.
އެމެރިކާގެ ރެކޯޑްތަކުން ދައްކާގޮތުގައި "އޮލީނާ" އަކީ މީގެ ކުރިން "މިނަވަރާ އެމް"ގެ ނަމުގައި ރަޝިޔާގެ ތެޔޮ އުފުލުމުގެ ސަބަބުން ފިޔަވަޅު އަޅާފައިވާ ބޯޓެކެވެ. އަދި ބޯޓު ދަތުރުކުރަމުން ދިޔައީ ސައްހަ ނޫން ދިދައެއްގެ ދަށުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިދިޔަ ހަފުތާގެ ތެރޭގައި އެމެރިކާއިން ވަނީ ރަޝިޔާގެ ދިދަ ޖަހާފައިވާ "މެރިނޭރާ" ހިމެނޭހެން ޖުމްލަ 5 ޓޭންކަރެއް ހިފަހައްޓާފަ އެވެ. ރަޝިޔާއިން ވަނީ މިއީ ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާ ހިލާފު "ބޮޑު ޖަރީމާއެއް" ކަމަށް ބުނެ އެ އަމަލު ކުށްވެރިކޮށްފަ އެވެ.
ހަމަލާތައް ވަރުގަދަވެފައި މިވަނީ އެމެރިކާގެ އަސްކަރިއްޔާއިން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ މަޑޫރޯއާ ދެކޮޅަށް ހިންގާ އޮޕަރޭޝަނާއި، އަޅާފައިވާ ފިޔަވަޅުތަކުގެ ބޭނުމަކީ ވެނެޒުއޭލާގެ މުއްސަނދި ތެޔޮ ރިޒާވް އެމެރިކާގެ ކުންފުނިތަކަށް ހުޅުވާލުން ކަމަށެވެ.
ނަމަވެސް، އދ. ގެ ތަޖުރިބާކާރުންނާއި ޗައިނާ އަދި ރަޝިއާއިން ބުނަމުންދަނީ އެމެރިކާގެ މި އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، ގައުމެއްގެ އަމިއްލަ ނިންމުންތައް ނިންމުމުގެ ހައްގަށް އަރައިގަތުން ކަމަށެވެ.
ވޯލްޑްކަޕް ކަވަރޭޖް ފުޅާކުރަން ޓިކްޓޮކްއާއެކު އެއްބަސްވުމަކަށް
ޓޮމްއާއި ސޫރީ އެކުގައި ނުފެންނަނީ މިހެންވެ!
ބައްޔެއްގެ ސަަބަބުން އުއްމީދީ ތަރިއެއްގެ ނިމުން އައި ގޮތް!