އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މައުލޫމާތު ހޯދުމަށާއި އެމައްސަލަ މިހާރު ގޮސްފައިވާ ހިސާބެއް ހޯދުމަށް އެކަމާ ގުޅުންހުރި އިދާރާތަކުގައި އެދިފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނުގެ މައްސަލައަކީ ރައްޔިތުންގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓިފައިވާ މައްސަލައެއް ކަމުގައިވާތީ އެ މައުލޫމާތު އޮޅުންފިލުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގަ އެވެ. އެހެންކަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނާއި، ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އިތުރަށް ޕީޖީއަށް މި މައްސަލައާ ގުޅޭ ގޮތުން މިހާރު ކުރެވުމުން އަންނަ މަސައްކަތުގެ ތަފުސީލުތައް ހޯދުމަށް އެދިފައިވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެ މުއައްސަސާތަކުގެ ޖަވާބު ލިބިވަޑައިގަތްހާ އަވަހަކަށް އެ ޖަވާބުތައް މަޖިލީހުގެ މެންބަރުންނާ ހިއްސާކުރައްވާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ހިމެނެނީ "ކިތައްމެ ބޮޑު މެންބަރަކަށް ވިޔަސް، ކިތައްމެ ބޮޑު ވަޒީރަކަށް ވިޔަސް، ކިތައްމެ ބޮޑު އަމީރަކަށް ވިޔަސް" އެމައްސަލަ ބަލާނެ ކަމަށެވެ.
އަސްކަރީ ފިޔަވަޅާއެކު އީރާނުގެ މައްސަލައަށް އެމެރިކާއިން ވަންނަނީ
ބުރަކޮށް އުޅެން ޖެހުނަސް ސިއްހަތަށް އިހުމާލު ނުވާތި!
ގޯލްޑަން ގްލޯބްސްއާއެކު ހޮލީވުޑްގެ އެވޯޑް "މޫސުން" ފަށައިފި