މިއަދު މި ގެނެސްދެނީ އިޓަލީގެ ހާއްސަ ކެއުމެކެވެ. މިއީ ހަދާލަން ފަސޭހަ އަނގައަށް މީރު ޑިޝްއެކެވެ. އަޖުމަ ބަލާލައްވާށެވެ.

ބޭނުންވާ ތަކެތި

  • 400 ގްރާމް ސްޕެގެޓީ200 ގ ކުކުޅު (ކުދިކޮށް ކޮށާފައި)
  • 2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
  • 2 ލޮނުމެދު (ތުނިކޮށް ހުރަހަށް ކޮށާފައި)
  • 3 ބިސް އަދި އިތުރު 1 ބިހުގެ ގޮބޮޅި
  • 100 މލ ހެވީ ކްރީމް
  • 3/2 ޖޯޑު ޕާމަސީން ޗީޒް (ގާނާފައި)
  • 1 މޭޒުމަތީ ސަމުސާ ޕާސްލީ ފަތް (ކުދިކޮށް ކޮށާފައި)
  • 1 ސައި ސަމުސާ ލޮނު
  • 2 މޭޒުމަތީ ސަމުސާ މުގުރި އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް

  1. ތެއްޔެއްގައި ފެން ހޫނުކޮށް ޕެކެޓުގައިވާ ގޮތުގެ މަތިން ސްޕެގެޓީ މަޑު ކުރާށެވެ. ރަނގަޅަށް މަޑުވުމުން ފުރާނާލާށެވެ. ޕާސްތާ ކެއްކި ފެނުގެ 1 ޖޯޑު ނަގާށެވެ.
  2. އެހެން ތެއްޔެއްގައި އޮލިވް އޮއިލް ހޫނުކުރުމަށްފަހު ކުކުޅު ކޮޅު ރޯ ފިލާ މުރަނަ ވަންދެން ކައްކާށެވެ. ލޮނުމެދާއި އަސޭމިރުސް އެއްކޮށް އިތުރު އެއް މިނެޓު މަޑު ގިނީގައި ކެއްކުމަށްފަހު ސްޕެގެޓީ، ޕާސްލީ އަދި ޕާސްތާ ފެން އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
  3. ބޯތަށްޓަކަށް ބިސް، ހެވީ ކްރީމް، ޕާމަސީން، ލޮނު އަދި އަސޭމިރުސް އެޅުމަށްފަހު އުލަކުން އެއްކޮށްލާށެވެ.
  4. ސްޕެގެޓީ ތެއްޔަށް ކްރީމް ކޮޅު އަޅާލުމަށްފަހު 30 ސިކުންތު މަޑު ގިނީގައި ހާކާލާށެވެ. އެއަށްފަހު އުނދުން ނިއްވާލާށެވެ.

މިޑިޝްގެ ރަހަ ފުރިހަމަ ވާނީ ވަގުތުން ހަދާ އިންސާފު ކުރީމަ އެވެ. އެހެން ކަމުން ކާން ބޭނުންވީ ވަގުތާއި ވީހާވެސް ކައިރިކޮށްފައި މި ޑިޝް ތައްޔާރު ކުރާށެވެ.