ބ. އޭދަފުށީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާދެމުންދަނިކޮށް މަރުވެއްޖެ އެވެ.
އެ އެކްސިޑެންޓް ހިނގީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެ ހާދިސާގައި މަރުވީ އޭދަފުށީ، ސީސަންގޭ، އަބްބޫކަރު އަބްދުالله އެވެ.
އުމުރުން 83 އަހަރުގެ އަބޫބަކުރު މަރުވެފައިވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނު އެވެ.
މިއަދުގެ އަސްރު ނަމާދަށްފަހު އަބޫބަކުރުގެ ޖަނާޒާ ވަނީ ބާއްވާފަ އެވެ.
އެކްސިޑެޓްގެ ސަބަބުން އަބޫބަކުރު ޕިކަޕެއްގެ ދަށުވި އެވެ. ޕިކަޕްގެ ދަށުން ނަގައިގެން ފުރަތަމަ އޭނާ ގެންދިޔައީ ބ. އަތޮޅު ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލްގައި ފަރުވާދިނުަމަށްފަހު ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެ ގެނަ އެވެ.
އެ މައްސަލައާ ގުޅިގެން ޕިކަޕް ދުއްވި މީހާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ހަސީނާއާ ގުޅުންހުރި 6.2 ބިލިއަން ޑޮލަރުގެ މުދާ ހިފަހައްޓައިފި
މިއަހަރުގެ މިހާތަނަށް ފަތުރުވެރިން އެންމެ ގިނައިންއައީ ޗައިނާއިން
އާމިރުއާ ދެކޮޅަށް އާއްމުކުރި ފަތުވާއަށް އޭނާ ރައްދު ދީފި
