އިންތިހާބަކާ ނުލައި ހަތަރު ކައުންސިލެއްގެ ރައީސްކަން ވެރިކަމަށް ވެރިކަން ކުރާ ޕީއެންސީން ކުރިމަތިލެއްވި ކެންޑިޑޭޓުން ހޮވިއްޖެ އެވެ.
އެ ހަތަރު ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލެއްވީ އެންމެ ކެންޑިޑޭޓެކެވެ.
އދ. ދިއްދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގަތީ ޕީއެންސީ ޓިކެޓުގައި ކުރިމަތިލެއްވި އަނީސް މުހައްމަދެވެ. އޭނާއަކީ މިހާރު ދިއްދޫ ކައުންސިލްގެ މެމްބަރެކެވެ.
މަންދޫ ކައުންސިލްގެ ރައީސަކަށް އިންތިހާބުވެ ވަޑައިގަތީ މިހާރު ވެސް ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ސައީދެވެ.
ހއ. ބާރަށު ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމެވެ. އޭނާ މިހާރު ހުންނެވީ ލީކަލް ގަވާމެންޓް މިނިސްޓްޓަރުގެ ނައިބު ކަމުގެ މަގާމުގަ އެވެ. އަދި އުތީމު ކައުންސިލްގެ ރައީސް ކަމަށް ޕީއެންސީން ކުރިމަތިލެއްވި އެ ކައުންސިލްގެ މިހާރުގެ ރައީސް އަބްދުﷲ ރަޝީދު ވެސް ވަނީ އިންތިހާބުވެފަ އެވެ.
މީގެއިތުރުން އދ. ދިއްދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައި އޮތް ގޮނޑި ވެސް ޕީއެންސީއަށް ވަނީ ކަށަވަރުވެފަ އެވެ.
އުރީދޫއަށް އާ ސީއީއޯއެއް
ޒަކާތުގެ ފައިސާ ބަލައިގަތުމަށް ފިތުރު ޕޯޓަލް ތައާރަފުކޮށްފި
އިންޑިއާގެ ބަޖެޓުން ރާއްޖެއަށް އެހީގެ ގޮތުގައި 60 މިލިއަން ޑޮލަރު
