މަޝްހޫރު ދިވެހި ބޭންޑް "2 އޮފް އަސް"އާ އެކު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ހަދާފައިވާ އެމްބެސެޑާޝިޕް ޕްރޮގްރާމް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
ވިޒިޓް މޯލްޑިވްސްގެ އެމްބެސެޑަރަކަށް 2 އޮފް އަސް ހަމަޖެއްސީ މިދިޔަ އަހަރު ޖުލައިގަ އެވެ.
އެ ބޭންޑުގެ އެމްބެސެޑާޝިޕް މިދިޔަ މަހު ސަސްޕެންޑުކޮށްފައިވާކަން "ހުރިހާ"އަށް ވަނީ ކަށަވަރުކުރެވިފަ އެވެ.
ސަބަބަކީ ފައިސާގެ ކަންކަމުގައި އެ ބޭންޑާ މެދު ފެތުރެމުންދާ ވާހަކަތަކުގެ ނޭދެވޭ އަސަރު ވިޒިޓް މޯލްޑިވްސް އަށް ކުރާތީ އެވެ.
"2 އޮފް އަސް" އުފެދުނުއިރު، އެ ބޭންޑުގައި ފަސް މެމްބަރު ތިއްބަސް މިހާރު ތިބީ އެންމެ ދެ މީހުންނެވެ. އެއީ އަހްމަދު އަދުހަމްގެ އިތުރުން އަބްދުﷲ ޝަމްރޫހް އެވެ.
