ބޮލީވުޑްގެ ވެޓެރަން ލަވަކިޔުންތެރިޔާ އުދިތު ނާރަޔަންގެ މައްޗަށް އޭނާގެ ކުރީގެ އަންހެނުން ރަންޖަނާ ނާރަޔަން ސީރިއަސް ތުހުމަތުތަކެއް ކޮށް ފުލުހަށް މައްސަލަ ހުށައަޅައިފި އެވެ.
މިދިޔަ ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހު ބިހާރްގެ ފުލުހުންނަށް ރަންޖަނާ ހުށައެޅި މައްސަލާގައި އޭނާ ވަނީ އުދިތުގެ މައްޗަށް އެތައް ތުހުމަތުތަކެއް ކޮށްފަ އެވެ.
އެގޮތުން އުދިތުއާއި އޭނާގެ ދެ ބޭބެ އެކުވެގެން ރަންޖަނާއަށް ނޭނގި އޭނާގެ ރަހިމު ނެގުމުގެ އޮޕަރޭޝަނެއް ކުރި ކަމަށާއި އެކަން އޭނާއަށް އެނގުނީ އޭގެ އަހަރުތަކެއް ފަހުން ހެދި މެޑިކަލް ޗެކަޕެއްގެ ތެރެއިން ކަމަށް ރަންޖަނާ ބުނެފައިވެ އެވެ.
އެ ކަން ހިނގިއިރު އެ ތިން ބެއިންގެ އިތުރުން އުދިތުގެ ދެވަނަ އަނބިމީހާ ދީޕާ ނާރަޔަން ވެސް އެތަނުގައި ހުރި ކަމަށް ރަންޖަނާ ތުހުމަތު ކޮށްފައިވެ އެވެ.
1984 ވަނަ އަހަރު އުދިތުއާއި ރަންޖަނާ ކައިވެނި ކުރުމަށްފަހު އޭގެ ޖެހިގެން އައި އަހަރު އުދިތުގެ މިއުޒިކީ މަސައްކަތްތަކަށްޓަކައި އޭނާ މުމްބާއީއަށް ބަދަލުވި ކަމަށާއި އެތަނުން އޭނާ އިތުރު މީހަކާ ކައިވެނި ކުރިކަން އެނގުނީ ނޫސްތަކުން ކަމަށް ރަންޖަނާ ބުނެފައިވެ އެވެ.
މީގެ އިތުރުން ވެސް އެ ދެމީހުންގެ މުދަލުން ބައެއް ވިއްކާލުމަށްފަހު ރަންޖަނާއަށް ދޭންވާ ހިއްސާ ވެސް ނުދޭ ކަމަށް އޭނާގެ މައްސަލާގައި ފާހަގަ ކޮށްފައިވެ އެވެ.
އުދިތުއަކީ 90ގެ އަހަރުތަކާއި 2000ގެ ކުރީކޮޅުގެ އަހަރުތަކުގައި ބޮލީވުޑްގެ ކާމިޔާބު ގިނަ ލަވަތަކެއް ކިޔައިދީފައިވާ ކާމިޔާބު ލަވަކިޔުންތެރި އެކެވެ.
މާ ގިނައިން ފެން ބުއިމަކީ މައްސަލައަކަށް ވެދާނެތަ؟
"ރަންގް ދޭ ބަސަަންތީ"ގެ ރީޔުނިއަންގައި މެޑީ ނުފެނުނީ ކީއްވެ؟
އެފްއައިޔޫގެ ވެރިޔާގެ މަގާމުން ސާޖިދު ވަކިކުރި މައްސަލަ ކޯޓަށް