އީރާނުން ޗައިނާއަށް ތެޔޮ އެކްސްޕޯޓް ކުރާ މިންވަރު މަދުކުރުމަށް އެމެރިކާއިން މަސައްކަތް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވެއްޖެ އެވެ. މިކަން ހާމަވެފައިވަނީ މިދިޔަ ބުދަ ދުވަހު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމަކަށްފަހު، އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެކްސިއޯސް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގަ އެވެ.
އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އީރާނާ ދެކޮޅަށް އެންމެ މަތީ ދަރަޖައިގެ ފިއްތުންތައް ކުރިމަތިކުރުމަށް ވަނީ އެއްބަސްވެފަ އެވެ. އަދި އީރާނުން ޗައިނާއަށް ތެޔޮ ވިއްކުން ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.
ރިޕޯޓުތައް ބުނާ ގޮތުން އެމެރިކާއާއި އިޒްރޭލުގެ މި ނިންމުމަކީ އީރާނުގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އަރުވާލުމަށް ނިންމި ނިންމުމެއް ކަމަށް ބެލެވެ އެވެ.
ޗައިނާއަކީ އީރާނުގެ ތެޔޮ އެކްސްޕޯޓުގެ 80 އިންސައްތައަށްވުރެ ބޮޑު ބައެއް ހިއްސާކުރާ ގައުމެވެ. އެހެންކަމުން، މި ވިޔަފާރި މަދުކުރުމަކީ އީރާނަށް ލިބޭ ތެލުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމެކެވެ. މިކަމާ ގުޅޭގޮތުން ޗައިނާގެ ފޮރިން މިނިސްޓްރީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
މި އެއްބަސްވުން އައިސްފައި މިވަނީ، އެމެރިކާގެ އަސްކަރިއްޔާއިން އީރާނާ ދެކޮޅަށް ދިގުދެމިގެންދާ އޮޕަރޭޝަންތަކެއް ހިންގުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ. އަދި މިދިޔަ ހަފްތާގައި އޮމާން މެދުވެރިކޮށް އެމެރިކާއާއި އީރާނުގެ ޑިޕްލޮމޭޓުން ނިއުކްލިއާ މަޝްވަރާތައް ބާއްވާފައިވާކަންވެސް ފާހަގަކޮށްލެވެ އެވެ.
މަސްދޯނީގައި ރޯވި ހާދިސާގައި އަނިޔާވި 5 މީހަކަށް ފަރުވާދެނީ
ރަޝިއާގެ އިދިކޮޅު ލީޑަރު ނަވަލްނީ އަވަހާރަކޮށްލީ ވިހައެއް ދީގެން
ފިލާ ސަމުސާއިން ގެއްލުން ލިބޭތަ؟