ސައިރަން އަޅަމުން ދިޔަ އެމްބިއުލާންސަކަށް ޖާގަ ނުދީ، މަގު ބްލޮކުކޮށްގެން މުދާ ބާލަން މަޑުކުރި ޕިކަޕް ދުއްވި ޑްރައިވަރު ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފި އެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި މާލޭގެ މަގެއްގައި އެމްބިއުލާންސަކަށް ނުދެވި މަޑުކުރަން ޖެހުނު ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
ފުލުހުން ބުނީ އެ ޕިކަޕް ދުއްވި ޑްރައިވަރު 750ރ އިން ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ.
ވީޑިއޯއާ ގުޅިގެން ނޫސްވެރިއަކު ސުވާލުކުރުމުން ޓްރާންސްޕޯޓް މިނިސްޓްރީންވެސް މައްސަލަ ބަލަމުންދާ ކަމަށް މިއަދު ވަނީ ބުނެފަ އެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ކުޑަ ޕިކަޕަކުން މަގުމައްޗަށް މުދާ ބޭލީ، ސައިރަން އަޅަމުން ދިޔަ އެމްބިއުލާންސް ޕިކަޕްގެ ސަބަބުން އެ މަގުން ކުރިއަށް ނުދިވެފައި އޮއްވަ އެވެ. އެމްބިއުލާންސް ސައިރަންގައި އައުމާއި ގުޅިގެން އެސަރަހައްދުގައި ތިބި އެހެން ވެހިކަލްތައް ވެސް ވަނީ ބަރުގޮނު އަޅާފަ އެވެ.
މީގެ ދުވަސްކޮޅެއް ކުރިންވެސް އެމްބިއުލާންސަށް ޖާގަ ނުދީ، ސައިކަލްތަކެއް ދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި އާއްމުވި އެވެ. އޭގެ އިތުރުން އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ބަޔަކު ގޮވައިގެން ދިޔަ އެމްބިއުލާންސަށް ޖާގަ ނުދިނުމުން އެމްބިއުލާންސް އެކްސިޑެންޓްވި މައްސަލައެއްވެސް ވަނީ ދާދިފަހުން ފެންމަތިވެފަ އެވެ.

ފޮނި ކެއުމަކަށް ފުފޫ ކަނދި ހަމަ އެއްވަނަ!
ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފި
ފޭދޫގެ ސެލޫނެއްގައި މަސައްކަތް ކުރާ ލަންކާ މީހަކު އިސްލާމްވެއްޖެ