ބަހުރޭނުގައި ބާރުގަދަ ގޮވުންތަކެއް ގޮވަމުންދާ ކަމުގެ ރިޕޯޓުތައް ލިބެމުންދާއިރު، އީރާނުން ފޮނުވާލި މިސައިލެއް ޤަތަރުގެ ޕެޓްރިއަޓް ޑިފެންސް ސިސްޓަމުން ހުއްޓުވާފައިވާ ކަމަށް އެޤައުމުގެ ދިފާއީ ވުޒާރާއިން ވަނީ ހާމަކޮށްފި އެވެ.
އީރާނުގެ އިސް އޮފިޝަލަކު އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުރިއަށް އޮތް ކަންކަމަށް ތައްޔާރުވުމަށް އިޒްރޭލަށް އަންގާފައިވާ ކަމަށާއި، އީރާނުގެ ރައްދު ދިނުންތައް ފެންނާނީ ފާޅުކަން ބޮޑު ގޮތެއްގައި ކަމަށެވެ. އަދި މިކަމުގައި އެއްވެސް އިންތަކެއް ނުވަތަ ހުރަހެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"މެދުއިރުމަތީގައި ހުރި އެމެރިކާ އާއި އިޒްރޭލުގެ ހުރިހާ މަސްލަހަތުތަކަކީ މިހާރު ހަމަލާދެވިދާނެ ސައްހަ އަމާޒުތަކެއް. މި އުދުވާނަށްފަހު އެއްވެސް ހުރަހެއް ނެތް، އަދި މީގެ ކުރިން ބަލާފައިނުވާ ފަދަ ކަންކަން ހިމެނޭހެން ހުރިހާ ކަމަކަށްވެސް މިހާރު އޮތީ މަގުފަހިވެފައި،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެމެރިކާ އާއި އިޒްރޭލުން ފަށާފައިވަނީ ވަރަށް ބޮޑެތި އަދި ދިގުދެމިގެންދާނެ ގެއްލުންތަކެއް ލިބޭނެ ހަމަލާތަކެއް ކަމަށެވެ. އަދި މި ހަމަލާތަކަކީ އީރާނަށް ކުއްލި ސިހުމެއް ލިބުނު ކަމެއް ނޫން ކަމަށާއި، ވަގުތުގެ އިންތަކެއް ނެތް ގޮތަށް ވަރުގަދަ ރައްދެއް ދިނުމަށް އީރާނުން ތައްޔާރުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ. މީގެއިތުރުން، އީރާނުން ކެތްތެރިވުމަށް ނުވަތަ ބޯލެނބުމަށް ގޮވާލާ ގޮވާލުންތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަޤްވާމީ ގިނަ ފްލައިޓްތަކެއް މެދުކަނޑާލައި، ބައެއް ޤައުމުތަކުގެ ވައިގެ ސަރަހައްދުތައް ވަނީ ބަންދުކޮށްފަ އެވެ.

ރޮނާލްޑޯ ސްޕެނިޝް ކްލަބް އަލްމެއިރާގެ ހިއްސާ ގަނެފި
އެކްސިޑެންޓްގަ ކުއްޖަކު މަރުވުމުން ހައްޔަރުކުރި މީހާ ފޮނުވާލައިފި
ރޯދަ މަސް: ނުކައި ތިބެ ބަރުދަން އިތުރުވާ މަސް!