ބީއެމްއެލްގެ އިންޓަނޭޝަނަލް ވޮލެޓް "ސްޕައިޕް" އައްޑޫ ސިޓީއަށް ތައާރަފުކޮށްފި އެވެ.
ބީއެމްއެލުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޓަނޭޝަނަލް ވޮލެޓް "ސްވައިޕް" ތައާރަފުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.
ބީއެމްއެލުން އައްޑޫގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ސުވައިޕް އެ ސިޓީއަށް ތައާރަފުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
ބީއެމްއެލް އިން ބުނީ އެ ވޮލެޓަކީ ޒުވާނުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު، ކްރޮސްބޯޑާ ޓްރާންސެކްޝަންތައް ހިންގުމަށް ބޭނުން ކުރެވޭނެ ވޮލެޓެއް ކަމަށެވެ. އެ ވޮލެޓުގެ ސަބަބުން ހަރަދު ކުޑަކޮށް، ބޭރު ފައިސާ ރާއްޖެއަށް ގެނައުމަށް އެހީތެރިވެދީ އަދި ބޭރު ފައިސާ ހޯދުމަށް ހުރި ދަތިތައްވެސް ކުޑަވެގެންދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ދުނިޔޭގެ ކޮންމެ ގައުމެއްގައި ހުރެގެން ވެސް އިންޓަނޭޝަނަލް ވޮލެޓް "ސްޕައިޕް" ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެއްވެސް ފީއަކާ ނުލައި ކޮންމެ ގައުމަކުން ވެސް އެ ހިދުމަތް މެދުވެރިކޮށް ވަގުތުން ފައިސާ ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
"ސްވައިޕް" އަކީ 100 ޕަސަންޓު ދިވެހި އުފެއްދުމެކެވެ. އެއީ ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ވޮލެޓްތަކާ އެއް ފެންވަރުގެ އުފެއްދުމެކެވެ.

އޮމާންގެ ތެޔޮ ޓޭންކުތަކަށް ޑްރޯން ހަމަލާދީފި
އިތާފުށިން އެއާޕޯޓް އޮޕަރޭޝަންސް ޑައިރެކްޓަރަކު ހަމަޖައްސައިފި
ރޯދަ މަލާފަތް: ރިހައާއެކު ކާން ކިރުފޮޅި ހަމަ އެއްވަނަ!