ރިއާދް (މެއި 1) - ސައޫދީއަރަބިއާގެ ހުޅަނގު ދެކުނުގައި ކުރިއަށް ގެންދިޔަ އާކިއޮލޮޖީ ދިރާސާއަކުން އެ ސަރަހައްދުން ފެނިފައިވާ ހިލައިގެ ބިނާތަކަށް ކުރިން ހީކުރެވިފައިވާ ވަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ދައްކައިފި އެވެ.
މުސްތަތިލްސް ނަމަކަށް މި ފަންނުވެރި ބިނާތަކުގެ 1،000 ބިނާ ކުރިން ފާހަގަ ކުރެވިފައިވާއިރު، އޭގެ ދެގުނަ ބިނާތައް އެ ސަރަހައްދުގައި ހުރި ކަމަށް އެ ދިރާސާއިން ދައްކަ އެވެ.
އޮސްޓްރޭލިއާގެ ޔުނިވާސިޓީއަކުން އިސްވެކުރި މި ދިރާސާތަކުގައި ހެލިކޮޕްޓަރެއް ބޭނުނުކޮށްގެން މި ބިނާތަކުގެ އިތުރު ބިނާތައް ފެނިފައިވާ ކަމަށާއި އެ ސަރަހައްދު ކޮނުމުގެ ތެރޭގައި އިތުރު 40 ބިނާ ފެނިފައިވާ ކަމަށް އެ ދިރާސާގައި ހަރަކާތްތެރިވި އޮފިޝަލުން ބުނެ އެވެ.
މި ސަރަހައްދަކީ ތާރީޚީ ލޭންޑްސްކޭޕެއް ކަމަށް ބުނަމުން ދިރާސާގެ އާކިއޮލޮޖިސްޓަކު ބުނީ މި ބިނާތައް 200،000 އަކަ ކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިފައިވާ ކަމަށެވެ.
މިއީ މިފަދަ ގިނަ ހޯދުންތަކެއްގެ ފެށުން ކަމަށާއި ކުރިއަށް އޮތް ތަނުގައި މިފަދަ އެތައް ހޯދުންތަކެއް ފެންނާނެ ކަމަށް އޮފިޝަލުން ބުނެ އެވެ. --އަލް އަރަބިއްޔާ

"ނެސްލޭ"ގެ އުފެއްދުންތައް ބޭނުން ކުރުމުން ސްވަރާ ހޫނު ފެނަށް!
އުޑުމަތި ފުސްވެ، ދިވެހިންގެ ނޭވާ ހާސްވުމުގެ މައްސަލައަށް ބޭނުން
ބޮޑު ދެ އިންތިޚާބު އެއްކޮށްލުމާ ދެކޮޅު ކަމަށް ނަޝީދު ވިދާޅުވެއްޖެ
މުސްތަސިލްސް އެއް ނޫން... މުސްތަތިލްސް...