އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތީޚާބުގެ އިތުރުން ރައީސް މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ނަގަން ނިންމާފައިވާ ރެފެރެންޑަމަށް ތާއީދު ހޯދުމަށް ޖަލުގެ ގޮޅިތަކުގައި ތިބި ބޮޑެތި ކުށްވެރިންތަކެއް ދޫކޮށް، ކޮޕްޝަނާއި ފަސާދައިގެ ބޮޑެތި ޖަރީމާތައް ހިންގަން ފަށައިފި އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ އިސް ސަފުގައި މަސައްކަތް ކުރާ ޕީއެންސީގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް އެދި "ހުރިހާ" އަށް ވިދާޅުވީ ސަރުކާރުން ވޯޓު ހޯދުމުގެ ބޭނުމުގައި ޣައިރު ގާނޫނީ ވަރަށް ގިނަ ކަންކަން ކުރަމުން ރާވަމުން އެބަ ގެންދާ ކަމަށާއި އެގޮތުން މިހާރު ސަރުކާރުން ނިންމާފައިވާ އެންމެ ބޮޑު ނުރައްކާތެރި އެއް ނިންމުމަކީ ޖަލުގައި ބޮޑެތި ކުށްތައް ކޮށްގެ ގިނަ އަހަރުތަކަކަށް ހުކުމް ތަންފީޒުކުރަމުން ގެންދާ "ރަތްލާ ޖެހި" ބޮޑެތި ކުށްވެރިން މުޖުތަމައުގެ ތެރެއަށް ދޫކޮށްލުން ކަމަށެވެ. އަދި މިހާރު ވެސް ބައެއް ކުށްވެރިން މިނިވަން ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
"ސަރުކާރުން ވޯޓު ހޯދުމަށް ވެސް މިއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން. ޖަލުގައި ތިބި ބޮޑެތި ކުށްވެރިންތަކެއް މުޖުތަމައުގެ ތެރެއަށް ދޫކޮށްލައިގެން ނުވާނެ. އެއީ އަހަރެމެން ގަބޫލުކުރާނެ ކަމެއް ނޫން. އެއީ މުޖުތަމައަށް ހުރި ބޮޑު ނުރައްކަލެއް. އެކަން ޕީއެންސީގެ ގނަ ބަޔަކު ބަލައެއް ނުގަނޭ، " އެ އޮފިޝަލް ވިދާޅުވި އެވެ.
އިންތިޚާބާ ދިމާކޮށް، ސަރުކާރުން ވޯޓު ހޯދުމުގެ ބޭނުމުގައި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ބޮޑެތި ކުށްވެރިންތަކެއް ދޫކޮށްލުމަށް ރާވަމުންދާ ކަމަށް ތުހުމަތުކޮށްފައިވާއިރު، މި ނިންމުމަކީ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން އިންތިޚާބުގެ ނަތީޖާއަށް އަސަރު ފޯރުވުމަށްޓަކައި ކުރަން އުޅޭ ކަމެއްގެ ގޮތުގައި ވަނީ ތުހުމަތު ކުރެވިފަ އެވެ. މިގޮތުން ޖަލުގައި ތިބި ކުށްވެރިން ދޫކޮށްލުމަކީ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެ އެވެ.
މިފަދައިން ކުށްވެރިން މިނިވަން ކޮށް ޖަލުން ދޫކޮށްލުމަކީ އިންތިހާބުތަކާއި ދިމާކޮށް އާންމުކޮށް ސަރުކާރުތަކުން ކުރަމުން އަންނަ ކަމެކެވެ. މިއީ މި މުޖުތަމައު އިތުރަށް ގޯސްވެ، ބޮޑެތި ކުށްތައް ކުރުން އިތުރުވެގެންދާ އެންމެ ބޮޑު އެއް ސަބަބުކަމަށް ރައްޔިތުން ދެކެ އެވެ.
ބޮޑެތި ޖަރީމާތަކެއް ހިންގާ އިރު އިލެކްޝަންސް އާއި އޭސީސީން ހަނު
ލޯކަލް ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ހިޔާލު ހޯދުމުގެ ވޯޓު (ރެފަރެންޑަމް) އަށް ބާކީ އޮތީ 9 ވަރަކަށް ދުވަހެވެ. އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން ކުރާ ކަންކަން އާންމުންނަށް ދަނީ އެނގި ހާމަ ވަމުންނެވެ. އޭގެ ތެރޭގައި ފައިސާގެ ބޮޑެެތި އަދަދުތައް ވޯޓު ގަންނަން ހުށަހެޅުމާއި ސަރުކާރުގެ ސިޔާސީ އަދި ކުންފުނިތަކުގެ ވަޒީފާތައް ބެހުމާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވޯޓު ހޯދަން ހިންގާ އެތައް އަމަލުތައް ހިމެނެ އެވެ.
"މިރަށުން މިދުވަސްވަރު އެތައް ބަޔަކަށް ވަޒީފާ ދީފި. އަދި އެމްޑީޕީއަށް ތާއީދުކުރާ އެތައް ބަޔަކަށް ފައިސާގެ ބޮޑެތި އަދަދުތައް އެބަހުށަހަޅާ،" ދެކުނުގެ ރަށަކުން ވާހަކަދެއްކި މީހަކު ބުންޏެވެ.
އެ މީހާ ބުނީ ސަރުކާރުން ވޯޓު ގަންނަން ހިންގާ ކޮރަޕްޝަންގެ އަމަލުތައް ބަލާނެ އިދާރާއެއް މި ގައުމުގައި ނެތް ކަމަށެވެ.
"މިއީ ވަރަށް ހިތާމަހުރި ކަމެއް. އޭސީސީ އާއި އީސީގެ އިސްވެރިންގެ ގޮތުގައި އެ ތިބީ ސީދާ ސަރުކާރުގެ ޕަޕެޓުންތަކެއް. މިއިން މައްސަލައެއް ހުށަހެޅި އަސް ނުވެސް ބަލާނެ،" އޭނާ ބުންޏެވެ.
ކުރިއަށް އޮތް އިންތިހާބަކީ މިހާތަނަށް ސަރުކާރަކުން އެންމެ ބޮޑަށް ނުފޫޒު ފޯރުވާ އިންތިހާބަށް ވެގެންދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ސިފަކުރެ އެވެ. އެހެންވެ މިފަހަރު ނަގަން އެ ތައްޔާރުވާ ވޯޓު އެންމެ އިންސާފުވެރިކޮށް ނުދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ކަންމިހެން އޮތް ނަމަވެސް ކޮރަޕްޝަނާއި ފަސާދަ ހުއްޓުވުމުގެ ޒިންމާތައް މަތިކޮށްފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ހަމަހަމަ އިންސާފުވެރި އިންތިހާބުތައް ބޭއްވުމުގެ ޒިންމާ އޮތް އިލެކްޝަންސް ކޮމިޝަން (އީސީ) ފެންނަނީ އަމިއްލައަށް ކަނު ބަނދެވިގެން ތިބެ މި ހުރިހާ ކަމަކަށް ފުރުސަތު ދީީގެން ތިބި ތަނެވެ. މިކަމާ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެންސްޕާގެ އިހުމާލުން ކުއްޖަކު މަރުވި މައްސަލައެއް ބަލަނީ
ވޯލްޑްކަޕް ބަލަން އެމެރިކާއަށް ދިއުމަށް ހުރަސްތަކެއް