ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްޓާފް ރޫމްގައި ރޯވެ ވަރަށް ބޮޑު ގެއްލުން ލިބިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވީ 750 އެއްހާ ކުދިން ކިޔަވަމުން އަންނަ އެ ސްކޫލްގެ ޕްރައިމަރީ ސްޓާފްރޫމުގައި ހުރި އޭސީއެއްގަ އެވެ. އަދި ވަރަށް ބޮޑަށް އަލިފާން ރޯވެ ހުޅުގަނޑު ފަޅައިގެން ގޮސްފައިވާ ތަން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެނެ އެވެ.
ވިލިނގިލިން ވާހަކަ ދެއްކި މީހަކު ބުނީ އެތަނުގައި ރޯވި ސަބަބެއް އަދި ނޭނގޭ ކަމަށެވެ. އަދި މުޅި އިމާރާތް ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް އެ މީހާ ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. މި އަލިފާން ނިއްވުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ތިން އިންތިހާބުގެ ވިލިނގިލީގައި ވޯޓުލުން ކުރިއަށް ގެންދާ މަރުކަޒެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ވެސް ގއ. އަތޮޅު ތައުލީމީ މަރުކަޒެވެ.
ނާސާއިން ތާރީހީ "އާރްޓެމިސް 2" ފޮނުވާލައިފި
ދަރިން އޭއައި ބޭނުންކުރާ ގޮތާމެދު ސަމާލުވޭ!
ބައި ގަރުނު ފަހުން އިންސާނުން ހަނދަށް!
