ބޮލީވުޑްގެ ކާމިޔާބު ތަރި އަޖޭ ދޭވްގަންއަށް 57 އަހަރު ފުރުމުގެ މުނާސަބަތުގައި އޭނާގެ އަންހެނުން ކާޖޮލް އަޖޭއަށް މަޖާ މެސެޖެއް ދީފި އެވެ.
އޭޕްރީލް މަހުގެ ދެވަނަ ދުވަހު ފާހަގަކުރި އެ ދުވަހު ކާޖޮލްގެ ޓްވިޓާގައި ހިއްސާކުރި ޕޯސްޓުގައި އޭނާ ވަނީ މަޖާ ގޮތަކަށް އަޖޭގެ އުމުރު ކިޔައިދީފަ އެވެ.
އެގޮތުން މިހާރު އޭނާ ހުރި އުމުރުގައި ކޭކުގައި ޖަހާ އުއްބައްތިތައް ވެސް ހީވަނީ އަލިފާނުގެ ނުރައްކަލެއް ހެން ކަމަށް ކާޖޮލް ބުނެފައިވެ އެވެ.
1999 ވަނަ އަހަރު ކައިވެނިކުރި އަޖޭއާއި ކާޖޮލްއަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ޖޯޑަށް ވާއިރު އެ ދެމީހުން އެކަކު އަނެކަކަށް ކުރާ ސަމާސާތަކަކީ ވެސް އާއްމު ކަމެކެވެ.
އަޖޭގެ އުފަން ދުވަހާ ގުޅުވައިގެން ކާޖޮލްގެ އިތުރުން ބޮލީވުޑްގައި ހަރަކާތްތެރިވާ އޭނާގެ ރަހުމަތްތެރިން ވެސް ވަނީ އޭނާއަށް ތަހުނިޔާ ކިޔާފަ އެވެ. އޭގެ ތެރޭގައި އަކްޝޭ ކުމާރު، ރޯހިތު ޝެޓީ އަދި ކަރީނާ ކަޕޫރު ހިމެނެ އެވެ.
90ގެ އަހަރުތަކުގައި ބޮލީވުޑުން މަގުބޫލުކަން ހޯދި އަޖޭ އެ ދާއިރާގައި މަސައްކަތް ކުރާތާ 30 އަށްވުރެ ގިނަ އަހަރު ވެފައިވާއިރު އޭނާ މަޝްހޫރު ވެފައިވަނީ ބޮލީވުޑްގެ "ސިންގަމް"ގެ ގޮތުގަ އެވެ.
ވޯޓު ކަރުދާސް އިއުލާން ކުރުން: ސިއްރުކަން ގެއްލޭނެ ކަމުގެ ޝަކުވާ
ޓެކްސީ ލައިން: ކާރެއް މަގު މެދަށް ހުއްޓި މުޅި މަގު ބްލޮކުވެއްޖެ
ބްލޭކްގެ ޖިންސީ ފުރައްސާރައިގެ ދަައުވާ ކޯޓުން ބޭރު ކޮށްލައިފި