ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް މުހައްމަދު މުއިއްޒަށް ކާމިޔާބު ނުކުރެވޭނެ ކަމަށް މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު އަސްމާ ރަޝީދު ވިދާޅުވެއްޖެ އެވެ.

މެންބަރު އަސްމާ މީހަކާ ފޯނުން ދެއްކެވި ވާހަކައެއްގެ އޯޑިއޯ ރެކޯޑިންއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

އެ އޯޑިއޯގައި އަސްމާ ވިދާޅުވީ ރިޔާސީ އިންތިހާބު ރައީސް މުއިއްޒަށް ނުނެގޭނެ ކަމަކީ ވަރަށް ސާފު ކަމެއް ކަމަށެވެ.

"ރިޔާސީ އިންތިހާބެއް ރައީސްއަކަށް ނުނެގޭނެ. ވަރަށް ސާފުކޮށް މި ބުނީ. މަދެކެ ލޯބިވާ މީހުން ވަރަށް ގިނަ. މަ ބުނާހާގޮތެއް ހަދާ،" އަސްމާ ވިދާޅުވި އެވެ.

އެ ފޯންކޯލްގައި ވާހަކަދައްކާ ޒުވާނާ ވަނީ މަޖިލީހުގެ ގޮނޑި ގެއްލިދާނެ ފަދަ ކަމެއް ނުކުރުމަށާއި ވިސްނައިގެން އުޅުމަަށް އަސްމާއަށް ނަސޭހަތްތެރިވެފަ އެވެ.

ޖަވާބުގައި އަސްމާ ވިދާޅުވީ އޭނާއަށް ހެދޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި މަޖިލީހުގެ ގޮނޑިވެސް ގެއްލުވާނުލެވޭނެ ކަމަށެވެ. އަދި މަޖިލީހުގެ ގޮނޑި ގެއްލުވާލައިފިނަމަ އެމްޑީޕީގެ ސަޕޯޓަރުންގެ ތާއީދާއެކު އަލުން ގޮނޑި ދިފާއުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އެ ކޯލްގައި އަސްމާ ވަނީ މާފަންނު މެދު ދާއިރާގެ ކައުންސިލް ގޮނޑިއަށް ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އާސިޔަތު ރީޝާގެ ކެމްޕޭންގައި ބައިވެރިވާންޖެހޭނީ މަގާމުގެ ޕްރޮމޯޝަން ދިނުމުން ކަމަށް އެ ޒުވާނާގެ ކިބައިން އެދިފަ އެވެ.

މާފަންނުގެ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރެއްވުމުގެ ކުރިން އެމަނިކުފާނާ ސުވާލުކުރަން ބޭނުންވާ މީހުން ނަންނޯޓްކުރުމުގެ މަސައްކަތް އަސްމާ ކުރެއްވުމުން އެކަމާ ކޯފާވެ ރައީސް މުއިއްޒު ވަނީ އޭނާއަށް ފިޔަވަޅު އަޅާފަ އެވެ.

ވަރަށް ގިނަ މީހުން އެބަ ބުނޭ ތިމަންނަ ބޭނުމެއް ނޫނޭ އަސްމާއްތައަށް އެހެން ހެދީމަކާ ޕީއެންސީއަކަށް ވޯޓުލާކަށް.

ދެން ނުދާތި ބުންޏަސް ޕްރޮމޯޝަން ނުދެނީސް.

ބައެއް މީހުންނަށް ޕްރޮމޯޝަން ދީފައި.

ޕްރޮމޯޝަން ނުދެނީސް ކެމްޕޭނަށް ނުކުންނާނަން. ސުޕަވައިޒަރުކަން ދިނަސް ކެމްޕޭންކޮށްދޭކަށް ނުދާނަން.