ބޮލީވުޑްގެ މަޝްހޫރު ތަރި ރަންވީރު ސިންހްގެ އެންމެ ފަހުގެ ފިލްމު "ދުރަންދަރު 2"އަށް ލިބެމުން އަންނަ ކާމިޔާބީގައި އޭނާގެ އަންހެނުން ދީޕިކާ ޕަދުކޯން ހަނު ހުންނާތީ ފާޑުކިޔުން އަމާޒުވަމުން އެބަދެ އެވެ.
"ދުރަންދަރު 2"ގެ ކާމިޔާބީގައި ބޮލީވުޑްގެ ގިނަ ފަރާތްތަކުން ރަންވީރުއަށް މަރުހަބާ ކިޔަމުން އަންނައިރު ދީޕިކާގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
އެގޮތުން ބައެއް މީހުން އަންނަނީ އަނތްބެއްގެ ގޮތުގައި ދީޕިކާ ފެއިލްވެފައިވާ ކަމަށާއި ރަންވީރަށް އެއަށްވުރެ ރަނގަޅު ބައިވެރިއެއް ހައްގުވާ ކަމަށް ބުނަމުންނެވެ.
"ދީޕިކާގެ ފަރާތުން އަދިވެސް ރަންވީރުއަށް މަރުހަބަގެ މެސެޖެއް ނުލިބޭ. މިއީ އަނތްބެއްގެ ފަރާތުން ލިބެންވާ ސަޕޯޓެއް ނޫން." މީހަކު ބުނެފައިވެ އެވެ.
މި ފާޑުކިޔުންތަކަށް ރައްދު ދެމުން ދީޕިކާ ބުނީ އެހެން އެންމެންނަށްވުރެ ކުރިން އޭނާ އެ ފިލްމު ބަލާފައިވާނެ ކަމަށެވެ.
އެއާއެކު ދީޕިކާގެ ދިފާއުގައި ވެސް ބައެއް މީހުން އަންނަަނީ ޝުއޫރު ފާޅު ކުރަމުންނެވެ.
އީރާނުގެ ޝަރުތުތަކަށް އެމެރިކާ އެއްބަސްވާނެކަމުގެ ޔަގީކަން ދީފި
ހަނގުރާމަ ހުއްޓާލަން އެއްބަސްވުމާއި އެކު ތެލުގެ އަގު ދަށަށް
ރައީސްގެ އިސްތިއުފާއަށް ގޮވާލައި ޕީއެންއެފުން މުޒާހަރާ ކުރަނީ