މަގުބޫލު ފިލްމު "ބަކްޝަކް" ގެ ޑައިރެކްޓަރު ޕުލްކިތު ލިޔެ، ޑައިރެކްޓްކޮށްފައިވާ އަދި ސައިފް އަލީ ޚާން ލީޑް ރޯލުން ފެންނަ "ކަރްތަވްޔާ" ނެޓްފްލިކްސް މެދުވެރިކޮށް ރިލީޒްކުރުމަށް ހަމަޖެހިއްޖެ އެވެ.
މި ފިލްމަކީ އިންސާނާގެ ވާޖިބާއި އަމިއްލަ މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ނިންމާ ނިންމުންތަކުގެ ސަބަބުން ދައްކަންޖެހޭ އަގު ދައްކުވައިދޭ ފިލްމެކެވެ. އަދި އަހްލާގީ ގޮތުން ނާޒުކު ދުނިޔެއެއްގައި، ފުލުސް އޮފިސަރަކަށް ކުރިމަތިވާ ގޮންޖެހުންތައް މި ފިލްމުގައި ވަރަށް ފުރިހަމައަށް ތަސައްވަރުކޮށްދެ އެވެ.
މި ފިލްމުގައި ސައިފް އަދާކުރަނީ އޭނާގެ ވާޖިބު އަދާކުރުމާއި އާއިލާގެ ރައްކާތެރިކަމާ ދެމެދު ތާށިވެ، އެކި ކަހަލަ ނުރައްކާތަކާ ކުރިމަތިލާ ފުލުސް އޮފިސަރެއްގެ ރޯލެވެ. ހަމަޔާއި ނުހަމައިގެ ރޮނގު ފަނޑުވަމުންދާ ވަގުތު، ބާރާއި، ކުށްވެރިކަމުގެ އިހުސާސާއި، އަދި ހަނުހުރުމުގެ ނަތީޖާއާ މެދު ސުވާލު އުފައްދާ، އިންސާފުގެ ހަގީގީ އަގަކީ ކޮބައިކަން ބެލުންތެރިންނަށް މި ފިލްމުން ވިސްނައިދޭނެ އެވެ.
ކާސްޓް، ކްރޫ އަދި ރިލީޒްކުރާ ތާރީހު
ޕުލްކިތުގެ ފުރިހަމަ ޑައިރެކްޝަނާއެކު ސައިފް އަލީ ޚާން، ސަންޖޭ މިޝްރާ، ރަސިކާ ދުގާލް، ޒާކިރު ހުސައިން، މަނީޝް ޗައުދަރީ އަދި އަލަށް ތައާރަފުވާ ސޯރަބް ދިވެދީގެ މޮޅު އެކްޓިންއެއް މި ފިލްމުން ފެންނާނެ އެވެ. ގޯރީ ޚާންގެ ރެޑް ޗިލީޒް އެންޓަޓެއިންމަންޓުން އުފައްދާފައިވާ މި ފިލްމަކީ ޒިންމާއާއި އަމިއްލަ ތެދުވެރިކަމާ ދެމެދު އޮންނަ ނާޒުކު ފާލަން ވަރަށް ފުންކޮށް ދައްކުވައިދޭނެ ފިލްމެކެވެ.
"ކަރްތަވްޔާ" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެކްސްކްލޫސިވްކޮށް ނެޓްފްލިކްސްގަ އެވެ.
އީރާނުން ވިޔަފާރީގެ މުޅިން އެހެން އުކުޅުތަކެއް، ޓްރަމްޕް ވާނުވާގަ
އީރާނުގެ ހަނގުރާމަ ނިމިފައިވާ ކަމަށް އެމެރިކާއިން ބުނެފި