ރައީސް މުހައްމަދު މުއިއްޒު މިދިޔަ މަހު ކެބިނެޓުން ބޭރުކޮށްލި ދެ އާދަމް ޝަރީފާއި ތޯރިގު އިބްރާހިމް މެދުއިރުމަތީގެ ދެ ގައުމެއްގެ ސަފީރުންގެ ގޮތުގައި އައްޔަންކުރުމަށް ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވީ ގަތަރުގެ ސަފީރު ކަމަށް ކުރީގެ ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް އައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށެވެ. އަދި ޔޫއޭއީގެ ސަފީރު ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ތޯރިގު އައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށް ވެސް ހުށަހެޅުއްވި އެވެ.
އެ ދެ ބޭފުޅުން މިހާރު ތިއްބެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގަ އެވެ.
ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ވެސް ހަމަ އެ މަގާމަށް އައްޔަންކުރެއްވި އެވެ. ނަމަވެސް އޭނާ ސަފީރު ކަމަށް އައްޔަންކުރައްވަން އަދި ފޮނުވާފައެއްނުވެ އެވެ.
އެ ނަންފުޅުތައް ދިރާސާ ކުރުމަށް ފޮރިން ރިލޭޝަންސް ކޮމިޓީއަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ފޮނުވައިފަ އެވެ.
ކުޑަކަމުދާ ތަކެތީގެ ކުލަ ސާފުކޮށް ހުރުމަކީ މޮޅު ކަމެއް ނޫން!
ހަނގުރާމައިގެ ތެރޭގައި ނަތަންޔާހޫ ޔޫއޭއީއަށް ސިއްރު ދަތުރެއް
އަމީތާބަށް ނުނިދެނީ މަސައްކަތުގެ ފޯރީގައި!