ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެ އޮތޯރިޓީގެ މުވައްޒަފުން ސިވިލް ސާވިސްގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ ހުށަހެޅުއްވި މި ބިލު ފާސްވީ މަޖިލީހަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ ތެރެއިން 59 މެންބަރުންގެ ތާއީދާއެކު އެވެ.
އެއާއެކު އެލްޖީއޭގެ ބޯޑަށް މުވައްޒަފުން އައްޔަންކުރުމުގެ ބާރު، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ބަދަލުވާނެ އެވެ.
ބިލު ދިރާސާކުރި ކޮމިޓީން ގެނައި ބަދަލުތަކުގެ ތެރޭގައި މުވައްޒަފުން އައްޔަންކޮށް ވަކިކުރާނީ އެލްޖީއޭގެ ލަފާގެ މަތިން ސީއެސްސީންނެވެ. އަދި މުވައްޒަފުންގެ ކަންކަމުގައި އެންމެ އިސްކޮށް ޒިންމާވާނީ އޮތޯރިޓީގެ ސީއީއޯ އެވެ. އަދި މުވައްޒަފުންގެ މުސާރަ ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުންނެވެ.
މި ގެނައި ބަދަލުތަކުގެ ތެރޭގައި ކައުންސިލްތަކުގެ ޚިދުމަތްތަކާއި ފައިސާ ދޫކުރުމުގެ އުސޫލުމި އިސްލާހުގެ ދަށުން ކައުންސިލްތަކުން ފޯރުކޮށް ދޭން ޖެހޭ އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖްކުރުން ވަނީ ހިމަނައިފަ އެވެ. މީގެ އިތުރުން، ކައުންސިލްތަކަށް ދައުލަތުން ފައިސާ ދޫކުރުމުގައި އާ ހަރުކަށި އުސޫލެއް ވަނީ ކަނޑައަޅާފަ އެވެ.
ހަމައެއާއެކު ކައުންސިލަކުން ދައުލަތަށް ދައްކަންޖެހޭ ޓެކްސް، ކަރަންޓު، ފެން، ނަރުދަމާ ނުވަތަ ކުނި އުކާލުމުގެ ފައިސާ ނުދައްކާ ހަ މަސްވެއްޖެނަމަ، ކައުންސިލަށް ދޫކުރާ ފައިސާގެ ތެރެއިން އެ އަދަދު އުނިކުރުމުގެ ބާރު މި އިސްލާހުން ލިބިދެ އެވެ.
މި ބަދަލަކީ ކައުންސިލްތަކުން ދައުލަތުގެ އިދާރާތަކަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ދެއްކުމަށް ބާރުއެޅުމަށާއި، އެލްޖީއޭގެ ހިންގުން ސަރުކާރުގެ އާންމު ސިވިލް ސާވިސް އުސޫލުތަކާ އެއްގޮތްކުރުމަށް ގެނެވުނު މުހިއްމު ބަދަލެކެވެ.
18 ކޭސް ދުންފަތާއި 75 ސިނގިރޭޓު ކާޓޫން އަތުލައިގެންފި
ތާބޫއަށް ކައިވެންޏެއް ނުކުރެވުނީ އަޖޭގެ ސަބަބުން؟
ހަރަދު ކުޑަކުރުމަށް މޯދީގެ މޮޓޯކޭޑް ކުޑަކޮށްފި