ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެ މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައި ވަނިކޮށް، ނާޒިމް މެލޭޝިއާއަށް ރޭ ފުރާވަޑައިގެންފި އެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ މިއަދު ވަނީ މަޖިލީހަށް ވައްދާފަ އެވެ.
ނާޒިމް ރޭގެ ވަގުތެއްގައި ވަނީމެލޭޝިއާއަށް ފުރާވަޑައިގެންފައިވާކަން "ހުރިހާ"އަށް ވަނީ ކަށަވަރުވެފަ އެވެ. މެލޭޝިއާގައި ނާޒިމްގެ އާއިލާ ދިރިއުޅުއްވާތީ ވަރަށް ގިނައިން އެ ގައުމަށް ވަޑައިގަންނަވަ އެވެ. މި ފަހަރު އޭނާ ވަކިކުރުމުގެ މައްސަލަ އޮއްވައި ފުރާވަޑައިގަތްއިރު، އަނބުރާ ވަޑައިގަންނަވާނެ ދުވަހެއް ނޭނގެ އެވެ.
މިކަމާ ގުޅޭގޮތުން ނާޒިމްގެ ބަހެއް އަދި ނުލިބެ އެވެ.
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ ޕީއެންސީ މަޖިލިސް މެންބަރުންގެ އިތުބާރު ނާޒިމަށް މިހާރު ނެތް ކަމަށެވެ.
އެލްޖީއޭގެ މުވައްޒަފުން ސީވިލް ސާވިސްއަށް ބަދަލުކުރަން ފާސްކޮށްފި
ޣައްޒާގެ ހައްގުގައި ވާހަކަދައްކާ ތަރިން ބާކީ ކުރާތީ ފާޑު ކިޔައިފި
