ފްރާންސްގައި ބާއްވާ މަޝްހޫރު ކޭންސް ފިލްމް ފެސްޓިވަލަކީ ހަމައެކަނި ސިނަމާގެ ފެސްޓިވަލެއް ނޫނެވެ. ފާއިތުވި ދެތިން އަހަރުގެ ތެރޭގައި މިއީ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ފެޝަން އިވެންޓްތަކުގެ ތެރެއިން އެއް އިވެންޓަށް ވަނީ ވެފަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ބޮޑެތި ތަރިން އެންމެ މޮޅު ޑިޒައިނަރުންގެ ހެދުންތަކާއި އަގުބޮޑު ގަހަނާތަކުގައި މި ރެޑް ކާޕެޓުން ފެނިގެންދެ އެވެ.
ނަމަވެސް، ކޭންސް ފިލްމް ފެސްޓިވަލްގެ ތާރީޚުގައިވެސް މިހާތަނަށް އެންމެ އަގުބޮޑު ހެދުމެއްގައި ރެޑް ކާޕެޓުން ފެނިގެންދިޔައީ އިންޑިއާގެ ތަރި އެކެވެ. އެއީ ބޮލީވުޑްގެ ބަތަލާ އުރުވަޝީ ރައުޓޭލާ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި 2025 ވަނަ އަހަރުގެ ކޭންސް ފިލްމް ފެސްޓިވަލްގައި އުރުވަޝީ ދެއްކި ލުކްގެ ޖުމްލަ އަގު 155.9 މިލިއަން އެމެރިކާ ޑޮލަރަށް (އިންޑިއާ ފައިސާއިން ނަމަ 1300 ކުރޯޑު ރުޕީސް)އަށް އަރަ އެވެ.
މިއީ ކޭންސްގެ ތާރީޚުގައިވެސް މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ އަގުބޮޑު ލުކް އެވެ. މީގެ ކުރިން މި ރެކޯޑް އޮތީ 5 މިލިއަން ޑޮލަރުގެ މެރިލިން މޮންރޯގެ ހެދުމެއް ލައިގެން ފެނުނު ހޮލީވުޑްގެ ތަރި ކިމް ކާޑޭޝިއަން އަށެވެ.
އުރުވަޝީގެ މި ހެދުން މިހާ އަގުބޮޑުވާ ސަބަބުތައް:
- ހެދުން: އުރުވަޝީ ލައިގެން ހުރީ މަޝްހޫރު ޑިޒައިނަރު މައިކަލް ސިންކޯ ފަރުމާކުރި ހިތްގައިމު ހެދުމެކެވެ. މެކްސިކަން އާޓްގެ ކުރެހުންތަކާއި ހެދުމުގެ ފަރުމާއަށް ބަލާއިރު، މި ހެދުމުގެ އެކަނި އަގުވެސް 4.8 މިލިއަން ޑޮލަރަށް އަރައެވެ.
- ދަބަސް: އޭނާ ހިފައިގެން ހުރި ގުރައެއްގެ ބައްޓަމަށް ތައްޔާރުކޮށްފައިވާ 'ޕެރަޓް ކްލަޗް' ދަބަހުގެ އަގު 50،000 ޑޮލަރަށްވުރެ މަތި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
- ގަހަނާ: މި ލުކްގެ އެންމެ އަގުބޮޑު ބަޔަކީ އުރުވަޝީ ބޭނުންކުރި އަލިމަސް (ޑައިމަންޑް) ގަހަނާތަކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، އޭނާ ވަނީ ދުނިޔޭގެ އެންމެ ނާދިރު އަދި އަގުބޮޑު އަލިމަސްތައް ހިމެނޭ ގަހަނާތައް އަޅާފަ އެވެ. މި ގަހަނާތަކުގެ ޖުމްލަ އަގު އެކަނިވެސް 151 މިލިއަން ޑޮލަރަށް އަރަ އެވެ.
އުރުވަޝީގެ މި ލުކްގެ އަގަކީ ހޮލީވުޑްގެ ބޮޑެތި ބްލޮކްބަސްޓާ ފިލްމުތަކުގެ ބަޖެޓަށްވުރެވެސް ބޮޑު އަދަދެކެވެ. މިއީ މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމު "ދުރަންދަރް"ގެ ބޮކްސް އޮފީސް ޖުމްލަ އާމްދަނީއަށްވުރެވެސް މިއީ ބޮޑު އަދަދެކެވެ.
މިއަހަރުގެ ކޭންސް ފެސްޓިވަލް (2026): މިއަހަރުގެ މެއި 12 ގައި ފެށުނު 79 ވަނަ ކޭންސް ފިލްމް ފެސްޓިވަލްގެ ހުޅުވުމުގެ ރަސްމިއްޔާތުންވެސް އުރުވަޝީ ވަނީ ފެނިގެން ދިޔަ އެވެ.
މިއަހަރު އޭނާ ހިޔާރުކުރީ ވިއެޓްނާމްގެ ޑިޒައިނާ ލޭބަލްއެއް ކަމަށްވާ "ޖޯލިކޯލި ކޯޗާ"ގެ ރިހިކުލައިގެ އަލިމަސްތަކުން ޖަރީކޮށްފައިވާ ހިތްގައިމު ހެދުމެކެވެ. މި ހެދުމާއެކު އޭނާ ބޮލުގައި އެޅި ދޫންޏެއްގެ ބައްޓަމަށް ހުރި 'މާންގް ޓިކާ' ބޮލުގެ ގަހަނާއިންވެސް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހޯދާފަ އެވެ.
ހައިވޭގައި ލާފައިވާ ދަވާދުގެ ސަބަބުން އެކްސިޑެންޓްވާކަމުގެ ޝަކުވާ
ދުންފަތަށް ވުރެ އެކަނިވެރިކަން މާނުރައްކާ؟
އާ "ޖޭމްސް ބޮންޑް" ހޯދުމުގެ މަސައްކަތް ފަށައިފި