މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހާރިސް މުހައްމަދު މިއަދު އައްޔަނުކޮށްފި އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިކަން ކަށަވަރުކޮށްދީފައިވާއިރު، އޭނާ ވަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް ވެސް ހަމަޖައްސައިފަ އެވެ.
އެމްޓީޑީސީގެ އެންމެ އިސް މަގާމުން ހާރިސް އައްޔަނުކުރެއްވީ، މީގެ ފަސް ދުވަސް ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނިޔާޒު އެ މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.
ހާރިސް އަކީ ރާއްޖޭގެ ޓޫރިޒަމް އަދި އޭވިއޭޝަން ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރެކެވެ. އޭނާ ވަނީ މި ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު އަދާކުރައްވައިފަ އެވެ.
މީގެ އިތުރުން، 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އޭނާ ފުރުއްވައިފަ އެވެ. ހަމައެހެންމެ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނަވައިގެން ވެސް އޭނާ ވަނީ މުހިންމު ހިދުމަތްތަކެއް ކޮށްދެއްވައިފަ އެވެ.
ސައޫދީއަށް ދިން ޑްރޯން ހަމަލާތަކެއް އެ ގައުމުން ދިފާއުކޮށްފި
ކޮންމެ ދުވަހަކު ހަދާނެ އާ ގާނޫނެއް ނުހުންނާނެ: ސަލީމް
ނޯލަންގެ "ދަ އޮޑިސީ" އޮންލައިންކޮށް ލީކު ކޮށްލައިފި
