ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ސުޕަސްޓާ ޝާހްރުކް ޚާން އަނެއްކާވެސް މިވަނީ އޭނާގެ ހިތްތަކާ ކުޅެލާ ފަދަ ފެނިލުމަކުން ސޯޝަލް މީޑިއާގެ ސަމާލުކަން އެއްކޮށް ދަމައިގަނެފަ އެވެ.
ދާދިފަހުން އާއްމުވި އިޝްތިހާރަކުން ފެނުނު ޝާހްރުކްގެ "ސްޓައިލިޝް" ކަމާއި ކޫލް ކަމުގެ ސަބަބުން، އޭނާގެ ކުރިއަށް އޮތް ފިލްމީ ޕްރޮޖެކްޓްތަކާ މެދު ފޭނުންގެ މެދުގައި އޮތް އިންތިޒާރު ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ.
ޒުވާން ޖީލުގެ މީޑިއާ ބަސް ކޮށާރުން ނަމަ، ޝާހްރުކް މިވަނީ މިހާރު ދުނިޔޭގައި އެންމެ މަގުބޫލު "އައުރާ ފާމިންގް" ނުވަތަ އަމިއްލަ ޝަހުޞިއްޔަތުގެ ކަރިސްމާއިން މީހުން ހައިރާން ކޮށްލުމުގެ ރެކޯޑެއް މުގުރާލާފަ އެވެ.
މި އިޝްތިހާރުގައި ޝާހްރުކް ފެންނަނީ ވަރަށް ޒަމާނީ، އެކަމަކު ހަމަ އެހާމެ ކްލާސިކް ސްޓައިލެއްގަ އެވެ. އޭނާގެ ފަން ދިގު އިސްތަށިގަނޑާއި، ބްލެކް ޖެކެޓް އަދި އަވީނާސީ އައިނާއެކު ހިނގާލާފައި އަންނަ މަންޒަރުން ސިފަވަނީ ހަމަ ހަގީގީ ރަސްކަލެއްގެ ސާބިތު ކަމެވެ. އުމުރުން ކިތަންމެ ދުވަސްވީ ނަމަވެސް އޭނާގެ ސްޓައިލާއި ޒުވާންކަމަށް އެއްވެސް ބަދަލެއް ނާންނަކަން މި ފެނިލުމުން ސާބިތުކޮށްދެ އެވެ.
ސޯޝަލް މީޑިއާގެ އެކްސް އަދި އިންސްޓަގްރާމްގައި ފޭނުން ދަނީ މި ވީޑިއޯގެ ކްލިޕްތަކާއި ފޮޓޯތައް ހިއްސާ ކުރަމުންނެވެ. ގިނަ ބަޔަކު ބުނާގޮތުގައި ޝާހްރުކް ހަމައެކަނި ކެމެރާގެ ކުރިމަތީގައި ހުއްޓިލިޔަސް، އޭނާގެ "އައުރާ"އިން މުޅި މާހައުލު ބަދަލު ކޮށްލަ އެވެ.
"މިއީ ހަމަ އަސްލުވެސް ކިންގް އެއް. އޭނާގެ ސްޓައިލްގެ ކުރިމަތީގައި އެހެން އެއްވެސް އެކްޓަރަކަށް ނުހުރެވޭނެ،" އެކަކު ލިޔެފައިވެ އެވެ.
މި އާ ލުކްއާއެކު، ފޭނުން ދަނީ ޝާހްރުކް ދެން އެންމެ އަވަހަށް ފެންނާނެ ކަމަށް ބެލެވޭ "ދަ ކިންގް" ފިލްމާ މިކަން ގުޅުވަމުންނެވެ. މި ފިލްމަކީ އޭނާގެ އަންހެން ދަރިފުޅު ސުހާނާ ހާންއާއެކު ފެނިގެންދާނެ އެކްޝަން ތުރިލާ ފިލްމެކެވެ. އިޝްތިހާރުން ފެނުނު ހަލުވި އަދި ތަފާތު ސްޓައިލަކީ މި ފިލްމުގެ ކެރެކްޓާއާ ގުޅުންހުރި ލުކްއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
2023 ވަނަ އަހަރު ރިލީޒްކުރި "ޕަތާން" އަދި "ޖަވާން" ފަދަ ބޮޑު ކާމިޔާބީއަށްފަހު، ޝާހްރުކް ހާން މިހާރު މަސައްކަތް ކުރަމުން ދަނީ އޭނާގެ ފިލްމީ ހަޔާތުގެ އެންމެ ވަރުގަދަ ދުވަސްވަރުގަ އެވެ.
އެލާމް ގަޑިތަކުގެ ކުރިން ހެނދުނު ހޭލަނީ ކިހިނެއް؟
ނާޒިމް އަށް އަލުން މިނިސްޓަރު ފެންވަރުގެ މަގާމެއް
ޓެކްނޮލޮޖީގެ ޒަމާނުގައި ދިރިއުޅުމުގެ ހަގީގީ މާނަ ހޯދާނީ ކިހިނެއް؟