ވޭތުވެދިޔަ 26 އަހަރު ދުވަހުގެ ތެރޭގައި ވިލާ ސިމެންތި ވަނީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ އެންމެ މުހިންމު އެއް ބައިވެރިޔާއަށް ވެ، ބޮޑެތި މަޝްރޫއުތަކާއި އާންމު އިމާރާތްތަކުގައި އިތުބާރު ހިފޭ ބްރޭންޑެއްގެ ގޮތުގައި ސާބިތުވެފަ އެވެ.
ވިލާ ސިމެންތިއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ އިމާރާތްކުރުމުގެ މަޝްރޫއުތަކާއި ރިސޯޓުތަކުގެ އިތުރުން ގައުމީ ފެންވަރުގެ ބޮޑެތި ބިނާތަކުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުން އަންނަ އުފެއްދުމެކެވެ. މީގެ ތެރޭގައި ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ސިނަމާލެ ބްރިޖުގެ މަސައްކަތުގައި ވެސް ވިލާ ސިމެންތި ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ކުދިކުދި މަރާމާތްތަކުން ފެށިގެން ގޮސް ބޮޑެތި އުމްރާނީ ވަސީލަތްތައް ބިނާކުރުމާ ހަމައަށް، މި ބްރޭންޑުން އަންނަނީ ކޮންޓްރެކްޓަރުންނާއި ބިލްޑަރުންގެ ފުރިހަމަ އިތުބާރު ހޯދައި، މެދުކެނޑުމެއްނެތި ހިދުމަތް ފޯރުކޮށްދެމުންނެވެ.
މި ބްރޭންޑްގެ އެންމެ ހާއްސަ އެއް ސިފަޔަކީ މިއީ ސީދާ ރާއްޖޭގައި ބަންދުކޮށްގެން ބާޒާރަށް ނެރޭ ސިމެންތިއަކަށް ވުމެވެ. މީގެ ސަބަބުން، އިމާރާތްކުރުމަށް ބޭނުންކުރާ ފަރާތްތަކަށް އަބަދުވެސް އެންމެ ތާޒާކަންމަތީގައި ސިމެންތި ލިބުމުގެ މަގު ފަހިވެގެންދެ އެވެ. ރާއްޖޭގެ މޫސުން ބަދަލުވާ ގޮތުންނާއި ކަނޑުމަގުން ކުރަންޖެހޭ ދިގު ދަތުރުތަކުގެ ސަބަބުން އިމާރާތްކުރުމުގެ ސާމާނަށް ކުރިމަތިވެދާނެ ގެއްލުންތަކުން ސަލާމަތްކުރުމަށްޓަކައި، ރާއްޖޭގައި ތާޒާކޮށް ޕެކްކުރުމަކީ އޭގެ ފެންވަރު އެންމެ މަތީ ދަރަޖައެއްގައި ހިފެހެއްޓުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ.
ވިލާ ސިމެންތި އުފައްދައި ބަންދުކޮށްފައިވަނީ ރާއްޖޭގެ ތަފާތު މޫސުމާއި ފިނިހޫނުމިނަށް އެންމެ އެކަށޭނަ ގޮތަށެވެ. އެގޮތުން، ގަނޑުވުން ފަދަ މައްސަލަތަކުން ރައްކާތެރިކުރުމަށްޓަކައި މި ސިމެންތި ބަންދުކޮށްފައި ހުންނަނީ ދެ ފަށަލަ ހިމެނޭ ވަރުގަދަ ގޯނީގަ އެވެ. މިގޮތަށް ރައްކާތެރިކަމާ އެކު ބަންދުކުރެވިފައި ހުރުމުގެ ސަބަބުން، ރަނގަޅު ގޮތުގައި ގުދަންކޮށްފި ނަމަ 90 ދުވަހުގެ މުއްދަތަށް ސިމެންތީގެ ކޮލިޓީ ނުގެއްލި ހިފެހެއްޓެ އެވެ. މިއީ މަސައްކަތްތައް ރާވާ ފަރާތްތަކަށާއި އާންމު ގޭބިސީތަކަށް ލިބިގެންދާ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމުގައި ކޮންޓްރެކްޓަރުން ފާހަގަކުރެ އެވެ. ދިވެހި ބިނާވެށި ބިނާކުރާ ފަރާތްތަކުގެ ފުރިހަމަ އިތުބާރާ އެކު ވިލާ ސިމެންތި މިއަދު ވެސް ދެމިއޮތީ ރާއްޖޭގެ އެންމެ ކުރީސަފުގެ ސިމެންތި ބްރޭންޑުގެ ގޮތުގަ އެވެ.
އާޖެންޓީނާގެ ފެނިލުން ގަދަ ނޫ ކުލައިގައި، ހަމަ ނަސީބުތަ؟
ސީރިޔާ އާއި ލުބުނާނުން އިޒްރޭލު ސިފައިން ބާލަން އަންގައިފި
