އަލަށް ކައިވެނިކުރާ މީހުންގެ ވަލީމާ ބޭއްވުމަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދިނުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
މި ނިންމުމަކީ މޭޔަރު އާދަމް އާޒިމްގެ އިތުރުން ބައެއް ކައުންސިލަރުންގެ ކެމްޕެއިންގެ ތެރޭގައި ޒުވާނުންނަށް ވެވަޑައިގެންނެވި ވައުދެކެވެ.
މިއަދު ބޭއްވި ކައުންސިލްގެ ރަސްމީ ބައްދަލުވުމުގައި ނިންމާފައި ވަނީ، މި ހިދުމަތް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލައި އާއްމުކުރާނެ ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް އެ ތަފްސީލުތައް އާންމުކޮށް އިއުލާނުކުރުމާއެކު ފުރުސަތު ހުޅުވާލާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.
އަލަތު ކައިވެނިކުރާ ފަރާތްތަކަށް ހިލޭ ހޯލް ނުވަތަ މައިޒާންތައް ދޫކުރުމަށް ކައުންސިލުން ނިންމިއިރު، މިފަދަ ހަފުލާތަކަށް ޖާގަ ކުއްޔަށް ދީގެން ސިޓީ ކައުންސިލަށް މިހާރު ވެސް ބޮޑު މާލީ ފައިދާއެއް ލިބެމުންދެ އެވެ. ހާއްސަކޮށް މާލޭގައި ކައިވެނީގެ ވަލީމާތައް ބޭއްވުމަށް އެންމެ މަގުބޫލު އެއް މަންޒިލް ކަމަށްވާ ލޮނުޒިޔާރަތް ޕާކަކީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގާ އަދި އެތަނުން ބޮޑު ކުއްޔެއް ނަގަމުންދާ ތަނެކެވެ.
މާލޭގައި ކޮންމެ މަހަކުވެސް އެތައް ސަތޭކަ ކައިވެންޏެއް ކުރެވެމުންދާއިރު، ހަފުލާ ބާއްވާނެ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެފަ އެވެ. އެފަދަ ތަންތަން ކުއްޔަށް ހިފުމަށް އާންމުން އަތުން ބޮޑެތި ހަރަދުތަކެއް ހިނގާތީ، ސިޓީ ކައުންސިލްގެ މި ނިންމުމަކީ ކައިވެނި ކުރާ މީހުންނަށް މާލީ ގޮތުން ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
ސްވައިޕްގައި ހިމެނޭ އިންޓަނޭޝަލް އެކައުންޓާ ގުޅޭ ތަފްސީލް!
ސިނގިރޭޓަށްވުރެ ވެސް "ފްރެންޗް ފްރައިސް"ގެ ނުރައްކާ ބޮޑު!
އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު